ގެއްލުންދިން ރާރުއް - ފޮޓޯ: ފެށުން

ރާރުކަކަށް ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަނީ

ރާރުކަކަށް ގެއްލުންދިން މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަންފަށައިފިއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާރުކަކަށް ގެއްލުންދިނުމުގެ ގޮތުން، ރާކުރަން ބޭނުންކުރާ އެތެއް ކަނޑާލާފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ހދ. ކުރިނބީ އިންނެވެ.

ގެއްލުންދިން ރުއް ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ފެށުން

ހދ. ކުރިނބީ، އަނޯނާގޭގައި ހުންނަ މި ރާރުކުގެ އެތް ކަނޑާލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށާއި، އެ ރާރުކަކީ އެރަށު މީހަކު އާމްދަނީ ހޯދުމުގެ ގޮތުން ރާވެރިކަން ކުރަން ބޭނުންކުރާ ރުކެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ ހދ. ކުރިނބީގައި މީހަކު އާމްދަނީ ހޯދުމަށް އަރާ ރާ ރުކެއްގެ އެތެއް ކަނޑާލައިފައިވާ މައްސަލައެއް މާރޗް 24 ވަނަ ދުވަހުގެ 08:34 ހާއިރު ފުލުހުންނަށް ހުށައަޅައިފައިވާ ކަމަށެވެ.

ބުރިކޮށްލާފައިވާ އެތް ތާނގީ މަތީގައި - ފޮޓޯ: ފެށުން

މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ޓީމެއް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެރަށަށް ގޮސް، މި މައްސަލައިގެ ތަޙްޤީޤު ފަށާފައެވެ.

މިހާރު މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ