"ނާމާން" ގެ 3 ވަނަ ސީޒަންއެއް މިފަހަރުވެސް ރޯދަމަހަށް

ކޮންމެ ރޯދަމަހަކު ޗެނަލް 13 އިން ގެނެސްދެމުން އަންނަ ބިރުވެރި ސީރީޒް "ނާމާން" ގެ ތިން ވަނަ ސީޒަންއެއް މިފަހަރު ރޯދަމަހުވެސް ގެނެސްދޭނެއެވެ.

3 އެކުވެރިން ކަމުގައިވާ، އިބްރާހިމް ޝިފާހު، އިބްރާހިމް ސުފިޔާން އަދި ހުސެއިން އިހުސާން އުފައްދާފައިވާ މި ސީރީޒްގެ ދެ ސީޒަންއެއް މިހާތަނަށް ޗެނަލް 13 ގެ ޕޮރޮޑަކްޝަންގެ ދަށުން ގެނެސްދީފައިވެއެވެ.

ނާމާންގެ ތިން ވަނަ ސީޒަންގެ ޓްރެއިލާ މިހާރު ދައްކާލައިފައިވާއިރު މިފަހަރުގެ ސީޒަން ގެނެސްދޭން ހަމަޖެހިފައިވަނީ ތިން ޕްރޮޑަކްޝަނެއްގެ ދަށުންނެވެ. އެއީ މި ސީރީޒް އުފެއްދި ތިން ފަރާތުން އުފައްދައިފައިވާ އަމިއްލަ ޕްރޮޑަކްޝަން "ބިޓްމެޕް" އާއި، އިމޭޖިނޭޝަން ރިއަލިޓީ އަދި ބައިސްކޯފް އާ ގުޅިގެންނެވެ.

https://youtu.be/WllZdhixLPs

ނާމާންގެ ޓްރެއިލާއަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންއަންނައިރު، މިފަހަރުގެ ސީޒަންގައި ދައްކުވައިދޭނީ، 4 އެކުވެރިންގެ މެދުގައި ހިނގާ ރޫޙާނީ ބިރުވެރި ކަންތައްތަކެކެވެ.

"ޖީންނީން އިންސާނުންނާއި އަޅައިގަނެ އެންމެ ފަސޭހައިން އަވަލާނީ 3 ހާލަތައްގައި. ހަށިގަނޑުގައި ފޭރާމެއް ނެތި އޮރިޔާމުން ހުންނައިރު، ހިނައިނުގަނެ ނަޖިސްކަންމަތީ ހުންނައިރު، އަދި މަސްތުގައި ހާލަތުގައި." މިއީ މިފަހަރުގެ ސީޒަންގެ ޓްރެއިލާ ފެށިގެންއަންއިރު ބުނެދޭ ބަސްކޮޅެކެވެ.

ހަޤީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ވާހަކަ ލިޔުންތެރިޔާ ހޫދު އިބްރާހިމް ލިޔެފައިވާ ވާހަކައިގެ މައްޗަށް ގެނެސްދޭ މިފަހަރުގެ ސީޒަންގައި ހިމެނޭނީ މުޅިއަކު 4 އެޕިސޯޑެވެ. އަދި މިފަހަރުގެ ސީޒަންގައިވެސް ކުރީގެ ސީޒަންތެކެކޭ އެއްފަދައިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މުޅިން އާ ފަންނާނުންތަކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް