ޕެޑްރޯ - ފޮޓޯ: ޓުޑޭ ނިއުސް

އީޕީއެލް – ޔުނައިޓެޑް މެޗަކީ ފައިނަލެއް ކަހަލަ މެޗެއް : ޕެޑްރޯ

ޕްރިމިއާ ލީގުގައި މާދަމާރޭ ޔުނައިޓެޑް އަދި ޗެލްސީ ބައްދަލުކުރާ މެޗަކީ ފައިނަލް މެޗެއްކަހަލަ މެޗެއްކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ޕެޑްރޯ ބުނެފިއެވެ.

ތާވަލުގެ ހަތަރުވަނާގައި އޮތް ޗެލްސީ މިމަޤާމު ދެމެހެއްޓުމަށް މާދަމާ ރޭގެ މެޗުން ކޮންމެހެންވެސް މޮޅުވާން ޖެހޭނެއެވެ. 66 ޕޮއިންޓާއެކު އާސެނަލް ތާވަލުގެ ފަސްވަނާގައި އޮތްއިރު ޔުނައިޓެޑް ހަވަނާގައި އޮތީ 64 ޕޮއިންޓާއެކުގައެވެ.

ޗެލްސީ ގަދަ ހަތަރެއްގެ ދޮރު ހުޅުވިގެންދިޔައީ ޔުނައިޓެޑް އަދި އާސެނަލް މިދެޓީމު އެންމެ ފަހުން ކުޅުނު މެޗުން ދަށްވުމާއި ގުޅިގެންނެވެ. ޗެލްސީއަށް ލީގުގައި ބާކީ އޮތީ 3 މެޗެވެ. ޗެލްސީ އެންމެ ފަހުން ކުޅުނު ވަރުގަދަ ފަސް މެޗުގެ ތެރެއިން ތިން މެޗުންވަނީ މޮޅުވެފައެވެ.

"އެމެޗަކީ އަހަރެމެންނަށް ފައިނަލެއް ކަހަލަ މެޗެއް. ގަދަ ހަތަރެއްގައި ހިފެހެއްޓުމަށް މެޗުން ކޮންމެހެންވެސް މޮޅުވާންޖެހޭ. ޔުނައިޓެޑް ދަނޑުގައި މޮޅުވުމަކީ އުނދަގޫކަމެއް" ޕެޑްރޯ ބުންޏެވެ.

މާދަމާ ރޭގެ މެޗުން ފުރަތަމަ އެގާރައިން ނުފެނިދާނެކަމަށް ޕެޑްރޯވަނީ ބުނެފައެވެ.

މީގެ އިތުރުން ޕީއެފްއޭ ޓީމުގައި ހަޒާޑް ހިމެނިފައި ނުވުމުން އެކަމާ ހައިރާންވާކަމަށް ހަޒާޑު ބުންޏެވެ. ޕީއެފްއޭ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝޯޓް ލިސްޓްގައި ހަޒާޑް ހިމެނިފައިވަނީ ހަވަނާގައެވެ.

ޕެޑްރޯ އަދި ހަޒާޑް - ފޮޓޯ: ސްކައި ސްޕޯޓްސް

މިސީޒަންގައި ގިނަ ލަނޑުތަކެއް ޖަހައި އިތުރު ލަނޑުތަކެއް ޖެހުމަށް ހަޒާޑްވަނީ އެހީތެރިވެދީފައެވެ. ހަޒާށްއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއްކަމަށާއި އެވަރުގެ ކުޅުންތެރިއެއްގެ މިފަދަ ސީޒަންއަކަށްފަހު ޕީއެފްއޭ ޓީމުގައި ނުހިމެނުނީ އެއްގޮތަކަށްވެސް ކީއްވެކަމެއް ނޭނގޭކަމަށް ޕެޑްރޯ ބުނެފައިވެއެވެ.

ހަޒާޑް މިސީޒަންގައި ޗެލްސީއަށް 16 ލީގު ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އިތުރު ލަނޑުޖެހުމަށް އެހީތެރިވެދީފައިވެއެވެ.

އޯލްޑްޓްރެފޯޑުގައި ޔުނައިޓެޑް އަދި ޗެލްސީއާއި ދެމެދު ކުޅެވޭ ލީގު މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ރާއްޖެގަޑިން 08:30 ގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް