ޒައިނެއްދިން ޒިދާން - ފޮޓޯ: އައިރިޝް ޓައިމްސް

ޓްރާންސްފާ ކަންތައް ނިންމާނީ އަހަރެން އެކަންޏެއް ނޫން – ޒިދާން

މިފެށޭ ހޫނު މޫސުމުގެ ޓްރާންސްފާއަށް ރެއަލްމެޑްރިޑުން ތައްޔާރުވަމުން އަންނައިރު މިޓްރާންސްފާގެ ކަންތައްތައް ނިންމާނީ ކްލަބް ހައިރާކީއާއި އެއްގޮތަށް ކަމަށާއި އަދި އޭނާ އެކަނި ނޫންކަމަށް ރެއަލްމެޑްރިޑްގެ ކޯޗު ޒިދާން ބުނެފިއެވެ.

ޒިދާން މިފަހަރު ރެއަލްމެޑްރިޑަށް ގެނެސްފައިވަނީ ޓްރާންސްފާގެ ފުރިހަމަ ބާރުތަކަކާއެކު ބޮޑު ފަންޑެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ޒިދާން ބޭނުންވާ ހުރިހާ ކުޅުންތެރިން ގެންނަށް ކްލަބް ބޯޑު އަދި ރައީސް ޕެރޭޒްގެ ފުރިހަމަ އެއްބާރުލުން ޒިދާންއަށް ބޭނުންވާނެއެވެ.

" ޓްރާންސްފާ ކަންތައްތަކުގައި އަހަރެންގެ އެއްވެސް ބާރެއްނެތް. ބޭނުންވާ ކަންތައްތައް ހާޞިލުކުރުމަށް ކްލަބް އެއްކޮށް މަސައްކަތް ކުރުން ވަރަށް މުހިންމު. ރައީސަކީވެސް އަދި ކްލަބް ބޮޑަކީވެސް މުހިންމު ބައެއް. ދެން މިހުރީ އަހަރެން " ޒިދާން ބުންޏެވެ.

އަދި ކުރިއަށް އޮތް ހަފްތާތަކުގައި ޓްރާންސްފާގެ ކަންތައްތައް ނިންމުމުގައި އެންމެ އެއްކޮށް މަސައްކަތް ކުރާނެކަމަށް ޒިދާން ބުންޏެވެ.

މިހޫނު މޫސުމުގައި ރެއަލްމެޑްރިޑަށް ގެންނާނެ ކަމަށް ރިޕޯޓްކުރެވެމުން އަންނަ ކުޅުންތެރިންނަކީ މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ، ޗެލްސީގެ ހަޒާޑް އަދި ޓޮޓޭންހާމްގެ ކްރިސްޓިއަން އެރިކްސަންއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ