ކޮވިޑް-19: މުސާރަ ކުޑަކުރަން ރޮނާލްޑޯ އެއްބަސް ވެއްޖެ

ކޮވިޑް-19 އާއި ގުޅިގެން ލިބޭ ގެއްލުން ކުޑަކުރުމަށް ޓީމުތަކުން މުސާރަ ކުޑަކުރަމުންދާއިރު، ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެކަމަށް އެއްބަސް ވެއްޖެއެވެ.

ރިިޕޯރޓްތައް ބުނާ ގޮތުން ރޮނާލްޑޯގެ އަހަރީ މުސާރައިން 3.8 މިލިއަން ޔޫރޯ އުނިކުރަން އޭނާވަނީ އެއްބަސްވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އިޓާލީ ލޮކްޑައުންކޮށްފައިވާއިރު، އިޓާލިއަން ސީރީއާވެސް މެދުކަނޑާލާފައެވެ. އެހެންކަމުން ކްލަބަށް ލިބޭ ގެއްލުން ކުޑަކުރުމަށް މުސާރައިން ކުޅުންތެރިންގެ މުސާރައިން %12 އުނިކުރަން ޔުވެންޓަސްއިންވަނީ ނިންމާފައެވެ.

ރިޕޯރޓްތައް ބުނާގޮތުން ރޮނާލްޑޯގެ އިތުރުން ބުފަންއާއި ބޮބޯޗީވެސްވަނީ މުސާރަ ކުޑަކުރަން އެއްބަސްވެފައެވެ. ޔުވެންޓަސްގެ ސީނިއާރ ކުޅުންތެރިން 2 މިލިއަން ނުވަތަ 2.5 މިލިއަން ޔޫރޯ އެކުޅުންތެރިންގެ މުސާރައިން އުނިކުރަން އެއްބަސްވެފައިވާކާމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

ޔުވެންޓަސްގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިއަކީ ރޮނާލްޑޯއެވެ. ރިޕޯރޓްތައް ބުނާގޮތުން ރޮނާލްޑޯއަށް އަހަރެއްގެ މައްޗަށް 31 މިލިއަން ޔޫރޯ އެކްލަބުން ޚަރަދުކުރެއެވެ.

ސްޕެއިންގެ ރެއަލްމެޑްރިޑްގައި ގިނަ ކާމިޔާބުތަކެއް ހޯދުމަށްފަހު އެކްލަބު ދޫކޮށް ޔުވެންޓަސްއާއި ރޮނާލްޑޯ ގުޅުނީ 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ