މޯލްޑިވިއަންގެ ކާގޯ ފުލައިޓުގައި 10 ޓަނުގެ މުދާ ސްރީލަންކާއި މިއަދު ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވިއަން އިން މިކަން ހާމަކޮށް މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މޯލްޑިވިއަންގެ ފުރަތަމަ ކާގޯ ފުލައިޓުން 10 ޓަނުގެ ކާގޯ މިއަދު ކޮލަމްބޯއިން ރާއްޖެ ގެނެސްފައި ވާކަމަށެވެ.
ސްރީލަންކާއަށް މޯލްޑިވިއަން ކާގޯ ފުލައިޓުން މިއަދު ކުރި ދަތުރުގައި ގެނެސްފައިވާ މުދާތަކުގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ސިއްޙީ ބައެއް ސާމާނުކަމަށް މޯލްޑިވިއަނުން މަޢުލޫމާތުދެއެވެ.
Our first cargo freighter has returned from Colombo with 10 tonnes of cargo. #Maldivian #NationalAirline
— Maldivian (@MaldivianAero) March 29, 2020
(Pic. Bandaranaike International Airport) pic.twitter.com/g83Gyr6aSu
މޯލްޑިވިއަންއިން ކާގޯ ފުލައިޓުގެ ދަތުރުތައް ފަށައިފައިވާއިރު، މޯލްޑިވިއަނުން ވަނީ ކޮންމެ އާދިއްތަ ދުވަހަކު ލަންކާއަށް ކާގޯ ދަތުރުކުރުމަށް ނިންމާފައެވެ. މޯލްޑިވިއަނުން އާއްމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން ދެން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު ޓްރެވިއެންޑްރަމް އަށާއި ޗެންނާއީއަށެވެ.
އެއަށްފަހު އަންނަމަހުގެ ބުރާސްފަތި ދުވަހު ބެންކޮކްއަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާއިރު، އަންނަ ހުކުރު ދުވަހު ދުބާއީއިން މުދާ ގެނައުމަށް މޯލްޑިވިއަނުން ދަތުރުު ކުރާނެއެވެ.




ހިޔާލު
މި ކަލޭގެ ގެ މި ވެއްޓުމަކީ ހަގީގަތެއްކަމުގައި ލައްވަވާ، އެ ބައި މީހުންގެ ނިމުން މެދުވެރި ކުރައްވަވާ ދޭ ވެ.