ސިނަމާލެ ބްރިޖްގައި 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން ދީފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސްކޫލްތައް ހުޅުވެން ދެން ބުރިޖް މަތީގައި ހުރިހާ ގިންތިއެއްގެ މުުދާ އުފުލާ އުޅަނދުގައި 24 ގަޑިއިރު މުދާ އުފުލޭނެ ކަމަށެވެ.
މީގެކުރިން ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް އަދި މެންދަމު، 1:00 އިން ހެނދުނު 6:00 އަށް ބްރިޖު މަތިންް މުދާ އުފުލުން އޮތީ މަނާކޮށްފަ އެވެ. އަދި މިދިޔަ ޖުލައި މަހު އެ އޮތީރިޓީން ވަނީ މާލެ އަދި ހުޅުމާލޭގައި ހެނދުނު 11:30 އިން މެންދުރު 1:30 މުދާ އުފުލުން މާނާކޮށްފަ އެވެ.
ސްކޫލުތަށް ހުޅުވަންދެން ހުރިހާ ގަޑިތަކެއްގައި ވެސް، މުދާ އުފުލާ އުޅަނދުފަހަރު ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަ މިހާރު އެ އޮތޯރިޓީން ވަނީ ދީފަ އެވެ.



