ކޮވިޑް-19: ޑރ. ޝަހީމް ކީރިތި ޤުރުއާން ހަތިމް ކުރެއްވުމުގެ ޗެލެންޖެއް ފައްޓަވައިފި

ކޮވިޑް-19 އާއި ގުޅިގެން ގޭގައި ހުންނަންޖެހިފައިވާ މި ދަނޑިވަޅު އެކި ފަރާތް ތަކުން މިދަނީ ތަފާތު ޗެލެންޖްތައް ކުރަމުންނެވެ. އެގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިވަނީ ކީރިތި ޤުރުއާން ހަތިމް ކުރުއްވުމުގެ ޗެލެންޖެއް ފައްޓަވާފައެވެ.

މުޅި ޤުރުއާން ކިޔަވައި ނިންމުމުގެ ޗެލެންޖަށް ރެޑީ ކޮންކުދިންނެއްތޯ ޝަހީމްވަނީ ޓްވިޓާރގައި ސުވާލުކުރައްވާފައެވެ. "ސޯޝަލް މީޑިއާ ޤުރުއާނުން ފުރާލަމާ. އަޅުގަނޑު ފަށާނަން. އިންޝާﷲ" ޝަހީމް ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޑރ.މުހައްމަދު ޝަހީމް ޓްވިޓާރ ގައި ވިދާޅުވެފައިވަނީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމްކުރުން ފެށުނީކަމަށެވެ. އަދ މީގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ބައިވެރިވެވޭނެކަމަށާއި ޓުވިޓަރ، އެފްބީ، އިންސްޓްގްރާމް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ޝަހީމް ވިދާޅުވެފައިވަނީ އަޅުގަނޑު ފަށައިފިން ކަމަށެވެ.

ޝަހީމްގެ މި ޗެލެންޖް އެކްސެޕްޓް ކޮށް ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންވެސް މިހާރު ވަނީ މުޅި ޤުރުއާން ކިޔަވައި ނިންމުމުގެ ޗެލެންޖުގައި ބައިވެރިވެ ޤުރުއާން ކިޔަވާ ވީޑިއޯ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައެވެ.

ޝަހީމް ވިދާޅުވީ ޤުރުއާން ޗެލެންޖް ކުރިއަށްދާއިރު، އެކި އާޔަތްތަކާއި، ނަބީބޭކަލުންގެ ވާހަކަތަކާއި، ޤުރުއާނުގައިވާ އެކި މުހިއްމު ކަންކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާ، އޭނާގެ ފޭސްބުކް ޕޭޖްގައި ވީޑިއޯތައް މެދުވެރިކޮށް އާއްމު ކުރައްވާނެ ކަމަށެވެ.

ޝަހީމް ފެއްޓެވި ޤުރުއާން ހަތިމް ކުރުމުގެ ޗެލެންޖަށް އާއްމުން ދެއްވަމުން ގެންދަވާ ތަރުހީބަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ކިޔެވުން ކުރިއަށް ގެންދަވާ މަންޒަރު ފެންނަ ވީޑިއޯ ފޭސްބުކްގައި އާއްމު ކުރައްވާއިރު އޭނާ ޓެގް ކުރެއްވުން އެދިވަޑައިގަންނަވާ ކަމަށާއި އޭރުން އެކިޔެވުން އޭނާގެ ފޭސްބުކް ޕޭޖްގައި ޝެއާ ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުން ގިނަ މީހުން ތަފާތު ޗެލެންޖްތައް ފުރިހަމަ ކުރަމުން ދާއިރު ކީރިތި ޤުރުއާން ހަތިމް ކުރުމުގެ ޗެލެންޖްގައި ބައިވެރިވެ ފުރިހަމަ ކުރުން ކިޔެއްތޯއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ