ޕާޓީތަކަށް އީސީ އިން ދޫކުރާ ފައިސާ، ރައްޔިތުންނަށް ހަވާލުކުރުމަށް ޖަމީލް އުސްމާން ގޮވާލައްވައިފި

ސިޔާސީ ޕާޓީތަކަށް އިލެކުޝަން ކޮމިޝަން (އީސީ) އިން ދޫކުރާ ފައިސާ ރައްޔިތުންނަށް ސީދާހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެންބަރު ޖަމީލް އުސްމާން ގޮވާލައްވައިފިއެވެ.

ޖަމީލް އުސްމާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "ސިޔާސީ ޕާޓީތަކަށް މިއަހަރަށް އިލެކުޝަން ކަމިޝަން އިން ދޫކުރަން ހަމަޖެހިފައިވާ ފައިސާ، ދޫކުރުން ހުއްޓާލާ ރައްޔިތުންނަށް ސީދާމިފައިސާ ހަވާލުކުރުމަށް ގޮވާލަން!" ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެއެވެ.

އަދި މިގާނޫނުގައިވާ ގޮތުން މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މިފައިސާ ދޭންޖެހެއެވެ.

މިއަހަރުގެ ބަޖެޓް ފާސްކުރި ދުވަހާ ހަމަ އަށް 10،000 މީހުން ހަމަވެފައިވާ ތިން ޕާޓީއަކަށް ފައިސާ ދޭން އީސީން މިމަހުގެ 17 ވަނަ ދުވަހުވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި އެމްޑީޕީ އާއި ޖޭޕީގެ އިތުރުން ދެން ހިމެނެނީ އިދިކޮޅު ޕީޕީއެމް އެވެ.

ފައިސާ ދޫކުރަނީ 10،000 މީހުންނަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ޕާޓީތަކަށް މެމްބަރަކަށް 327.29ރ. ގެ މަގުންނެވެ.

މިމަގުން ބަލާއިރު މި އަހަރު އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީއަށެވެ. އެ ޕާޓީއަށް 17،612،793ރ. ލިބެއެވެ. ޖޭޕީ އަށް ލިބެނީ 3،974،249ރ. އެވެ. އަދި އިދިކޮޅު ޕީޕީއެމްއަށް ލިބެނީ 11،814،609ރ. އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ