ޗައިނާ ޓޫރިސްޓުންގެ އަދަދު 5.6 އިންސައްތަ އިތުރުވެއްޖެ

މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު 5.6 އިންސައްތަ އިތުރުވެއްޖެއެވެ.

ފަތުރުވެރިކަމާބެހޭ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ ޖެނުއަރީ އިން މާޗް މަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 76,568 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.6 ޕަސެންޓް އިތުރުވުމެކެވެ. 2018 ވަނަ އަހަރު މާރިޗުގެ ނިޔަލަށް ޗައިނާއިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 72,539 ފަތުރުވެރިންނެވެ.

ޗައިނާ ޓޫރިސްޓުންގެ އަދަދު މަހުން މަހަށް ބަލާނަމަ އުޅެނީ 12 ޕަސެންޓުގެ އިތުރުވުމެއްގައެވެ. މި އަހަރުގެ މާޗް މަހު އެ ގައުމުން 19,479 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗު މަހު އައިސްފައިވަނީ 13,203 މީހުންނެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 15 އިންސައްތަ ހިއްސާކުރަނީ ވެސް ޗައިނާއެވެ.

ރާއްޖެ އަށް އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު އިތުރުވެފައި މިވަނީ ގިނަ ދުވަސްތަކެއްވަން ދެން ދަށްކޮށް އޮތުމަށްފަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ