ކުޅުދުއްފުށިން މާލެއަށް ދަތުރުކުރި ބާދުސާހު ބޯޓުގެ އިންޖީނު ހުއްޓިއްޖެ

ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ކުޅުދުއްފުށި ބާދު ސާހު ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވެ އިންޖީނު ހުއްޓިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ހދ ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ބާދުސާހު ބޯޓު ކ. ގާފަރުގެ އުތުރުން 4 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓުގާޑު ސްކޮޑަރުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.

މިކަމާ ބެހޭ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ ދަންވަރު 03:15 އެހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދެއްވާފައެވެ.

ބާދުސާހު ބޯޓު ހުއްޓުނުއިރު އެ ބޯޓު މާލެއަށް ދަތުރުކުރަމުން ދިޔައީ 25 މީހުންނާއި އެކު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ