ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް | ފޮޓޯ: މިހާރު

ދިވެހިންނަކީ ބަސްއަހާ އެކުވެރި އޯގާތެރިބައެއް: މަޚްލޫފް

ދިވެހިންނަކީ ބަސްއަހާ އެކުވެރި އޯގާތެރިބައެއްކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މަޚްލޫފު މިހެންވިދާޅުވެފައި މިވަނީ، ކޮވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގައި ކާފިއު އިޢުލާންކޮށްފައިވަނިކޮށެވެ. ކާފިއު އިޢުލާންކޮށްފައިވަނީ، 17:00 އިން ފެށިގެން މިރޭ 20:00 އަށެވެ. މި ތިން ގަޑިއިރު މާލޭގެ މަގުތަކަށް އާންމުން ނިކުމެ އުޅުމަކީ މަނާކަމެކެވެ.

ދާދިދެންމެ ކުރެއްވި ޓްވީޓެއްގައި މާލެގެ ހުސްވެފައިވާ ބައެއް މަގުތަކުގެ ފޮޓޯ ޙިއްސާކުރައްވަމުން މަޙްލޫފް ވިދާޅުވީ، ދިވެހިންނަކީ ހަޤީޤަތުގައިވެސް ބަސްއަހާ، އެއްބާރުލުންދޭ، އެކުވެރި އޯގާތެރި ބައެއްކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ދެއްކެވި މިނަމޫނާއަށް މަޙްލޫފްވަނީ ރައްޔިތުންނަށް ސާބަސް ރައްދުކޮށްފައެވެ.

ކާފިއު އާ އެކު މަގުތައް މަތީގައި އާންމުން ދަތުރުފަތުރު ކުރުމަށް ގެންގުޅޭ އެއްވެސް އުޅަނދެއްގައި ދަތުރު ނުކުރާއި މުޅި މާލެއިން ވަނީ އުޅަންދުފަހަރުގެ އަޑު އެކީއެކަށްޗަކަށް މެދުކެނޑިފައެވެ. މަގުތަކުގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު އެކި ތަންތަނުގައި މަޑުކޮށްލައިގެން ތިބި މަދު ބަޔަކާ ވާހަކަދެއްކުމަށް ރަޔަޓް ގިޔަރުގައި އެސްއޯ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

އަދި ޕެޓްރޯލް ކުރުމުގެ ކަންކަމުގައި ސީޕީ ހަމީދްވެސް ބައިވެރިވަމުން އަންނައިރު، ކާފިއުގެ ވަގުތުގައި އާންމުން ބޭރުގައި އުޅޭނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުންޗެސް އެހެން ގަޑިތަކުގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުން ވަކި ގޮތެއް އަންގަންދެންވަނީ މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ