އިންޑިއާގެ އެކި ސިޓީތަކުގައި ރާއްޖެއަށް ނުގެނެވި ހުރި ބޭސްތައް، އިންޑިއާ ސަރުކާރުގެ އެހީގައި މިއަދު ރާއްޖެ ގެނައުމާއި ގުޅިގެން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ އިންޑިއާއަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުޅި އިންޑިއާ އެއްގަމާ ވައިގެދަތުރުފަތުރު ބަންދުކޮށްފައި ވީނަމަވެސް ރާއްޖެއަށް ބޭނުންވާ ގިނަ އަދަދެއްގެ ބޭސް މިއަދު ޖެއަށް ފޯރުކޮށްދިނީތީ އިންޑީއާއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވާކަމަށެވެ. އަދި އިންޑިއާ ނުވަތަ ޗައިނާ ވިޔަސް އަޅުގަނޑުމެން ރައްޔަތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޝުރުއަދާކުރަން ޖެހޭނެކަމަށްވެސް ރީކޯގެ މިޓްވީޓްގައި ވިދާޅުވިއެވެ.
މުޅި އިންޑިއާ އެއްގަމާ ވައިގެދަތުރުފަތުރު ބަންދުކޮށްފަ އޮތަސް ރާއްޖެއަށް ބޭނުންވާ ގިނަ އަދަދެއްގެ ބޭސް މިރާ ޖެއަށް ފޯރުކޮށްދިނީތީ ވަރަށް ޝުކުރުދަންނަވަން.
— Reekomoosa (@ReekoMoosa) April 2, 2020
އިންޑއާ ޗައިނާ ވިޔަސް އަޅުގަނޑުމެން ރައްޔަތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޝުުުރުއަދާކުރަންވީ
ފޮރިންގ މިނިސްޓްރީއިން ވިދާޅުވި ގޮތުގައި، މިއަދު ރާއްޖެއަށް ގެނެސްފައިވަނީ 6.2 ޓަނުގެ ބޭސްހެވެ. އަދި މި ބޭސްތަކުގެ ތެރޭގައި ކޮވިޑް-19ގެ ފަރުވާއަށް ބޭނުންކުރެވޭ ބޭހުގެ ބާވަތްތަކާއި، ހޮސްޕިޓަލްތަކުގައި ބޭނުންކުރަން ޖެހޭ ޒަރޫރީ ބައެއް މުހިއްމު ބޭސްތައް ހިމެނޭކަމަށާއި މި ބޭސްތައް އިންޑިއާގެ އެކި ސިޓީތަކުން ނަގައި، ރާއްޖެއާއި ހަމަށް ގެނެސްދީފައިވަނީ އިންޑިއާ އަސްކަރިއްޔާގެ އެހީތެރިކަމާއެކުގައިކަމަށްވެސް އެމިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.

ފޮރިންގ މިނިސްޓްރީއިން ވިދާޅުވީ، މިފަދަ މުހިއްމު ދަނޑިވަޅެއްގައި، އަދި އިންޑިއާގައި އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކުރުން ހުއްޓާލާފައި މިވަގުތު، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެއްވި މި އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި، ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރުގެ އިތުރުން އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ޚާއްސަ ޝުކުރެއް ދަންނަވާކަމަށެވެ.
މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ރާއްޖެއިން މިހާރުވަނީ 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 4 ދިވެހިން ހިމެނޭ އިރު، މި އެންމެންނަކީވެސް އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވާ މީހުންނެވެ.



