ޕީޕީއެމް އަދި ފީއެންސީގެ އެސްޖީއަކަށް ޤީލާ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މާފަންނު ހުޅަނގު ދާއިރާއަށް ޕީޕީއެމް ޕީއެންސީ ކޯލިޝަން ގެ ފަރާތުން މަޖިލީހަށް ވާދަ ކުރެއްވި ޤީލާ އަލީ ހަމަޖައްސަވައިފިއެވެ.

ޤީލާ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް އައްޔަންކުރަން ނިންމާފައިވަނީ، މިއަދު ބޭއްވި ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުންނެވެ.

ޤީލާ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރުމުގެ އިތުރުން ޕީއެންސީގެ މަޝްވަރާ މަޖިލީހުން، އެޕާޓީގެ ނައިބު ރައީސުންގެ ޒިންމާތަށް ފުށުނާރާގޮތަށް އިސްލާޙްކޮށްފައިވެއެވެ.

ނައިބު ރައީސުންގެ ޒިންމާތައް ބަހާލާފައިވާގޮތަށް ބަލާއިރު، އިދާރީ އަދި ފައިސާގެ ކަންކަމަށް ހަމަޖައްސަވާފައިވަނީ މުޙައްމަދު ސައީދުއެވެ. ޒުވާނުންނާއި އިވެންޓަތަކަށް އިބްރާހީމް ސުޖާއު އަދި ޕަބްލިކް ރިލޭޝަން، މީޑިއާގެ އިތުރުން މެންބަރޝިޕްގެ ކަންކަމަށް އަޙްމަދު ނިހާން ހުސައިން މަނިކު ހަމަޖައްސަވާފައިވާއިރު ބޭރުދުނިޔެއާއި ރިސަރޗްގެ ކަންކަމަށް ކަނޑައަޅުއްވާފައިވަނީ މުޙައްމަދު ހުސައިން ޝަރީފް (މުންދު) އެވެ.

ޕީޕީއެމް އަދި ޕީއެންސީއަކީވެސް ރާއީސް ޔާމީންގެ ފިކުރުގައި ހިންގާ ދެ ޕާޓީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ