ބާސެލޯނާއިން މާޓިނޭޒްގެ އިތުރުން ނޭމާވެސް ބޭނުންވޭ!

ސްޕެއިންގެ ބާސެލޯނާއިން އަންނަ ސީޒަނަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އިންޓަރމިލާންއަށް ކުޅޭ އާޖެންޓީނާގެ ލޮޓާރޯ މާޓިނޭޒްގެ އިތުރުން ބްރެޒިލްގެ ނޭމާވެސް ގެންނަން ބޭނުންވާކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

ރިޕޯރޓްތައް ބުނާގޮތުން ބާސެލޯނާގެ ފުރަތަމަ ޓާގެޓަކީ މާޓިނޭޒްއެވެ. މާޓިނޭޒް މިސީޒަންގައި ސީރީއާގައި ކުޅުނު 21 މެޗުން މާޓިނޭޒްވަނީ 12 ލަނޑު ޖަހައި 3 އެސިސްޓް ހަދާފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު ހަ މެޗުން ފަސް ލަނޑު އިންޓަރމިލާންއަށް ކާމިޔާބުކޮށްދީފައިވެއެވެ. މާޓިނޭޒްގެ ރިލީޒް ކްލޯސް 111 މިލިއަން ޔޫރޯއަށް އަރައެވެ. ބާސެލޯނާގެ އިތުރުން ރެއަލްމެޑްރިޑާއި މެންޗެސްޓާރ ޔުނައިޓެޑު އަދި މެންޗެސްޓާރ ސިޓީއިންވެސްދަނީ މާޓިނޭޒްއަށް ފާރަލަމުންނެވެ.

މީގެއިތުރުންވެސް ބާސެލޯނާއިން ނޭމާ ހޯދުމަށް މިދިޔަ ސީޒަންގައި ކުރި ހުރިހާ މަސައްކަތެއް ބޭކާރުވިނަމަވެސް ނޭމާއަކީ އަބަދުވެސް އެކްލަބުގެ 'އޮޕްޝަނެއް' ކަމަށްވަނީ ބުނެފައެވެ. އެހެންކަމުން ބާސެލޯނާއިން ނޭމާ ގެނެވޭތޯ ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެކަމަށް ރިޕޯރޓްތައްބުނެއެވެ.

ބާސެލޯނާއާއެކު ހުއްޓުމެއްނެތި ކާމިޔާބީތައް ހޯދަމުންއައި ނޭމާ އެތަށް ބަޔަކު ސިއްސުވާލުމަށްފަހު ދުނިޔޭގެ ރެކޯޑު އަގެއް ކަމަށްވާ 222 މިލިއަށް ޔޫރޯއަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީއާއި ނޭމާ ގުޅުނީ 2017 ވަނަ އަހަރުއެވެ. އެހެންނަމަވެސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ، ވޭތުވެދިޔަ ދެސީޒަންގައިވެސް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

އަނެއްކޮޅުން ޕީއެސްޖީގައި ނޭމާ ބަހައްޓާފައިވަނީ ގަދަކަމުންނެވެ. ޕީއެސްޖީ ދޫކޮށް ބާސެލޯނާއަށް ބަދަލުވާ ބޭނުންވާކަމަށް ޚުދު ނޭމާވެސްވަނީ މިދިޔަ ސީޒަންގައި ބުނެފައެވެ. އެހެންނަމަވެސް ބާސެލޯނާގެ ހުރިހާ ހުށަހެޅުންތަކަށް ނޫނެކޭ ބުނޭ ޕީއެސްޖީއިން ނިންމީ ނޭމާ ކްލަބުގައި ބަހައްޓާށެވެ.

މީގެއިތުރުން ބާސެލޯނާއިންވަނީ ކޮވިޑް-19 އާއި ގުޅިގެން ކްލަބުގެ ސްޓާފުންގެ މުސާރަ ހަމައަށް ދިނުމުގެ ގޮތުން ސީނިއާރ ކުޅުންތެރިންގެ އިސްނެގުމުގެ މަތިން އެކުޅުންތެރިންގެ މުސާރައިން %70 އުނިކުރަން ނިންމާފައެވެ.

އެހެންނަމަވެސް ބާސެލޯނާގެ ރައީސް ބުނީ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރ އެރިކް އަބީޑާލްއާއި އޭނާގެ އެސިސްޓް ވެގެން އަންނަ ސީޒަނަށް ތައްޔާރުވުމަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިހާލަތުގައި އިތުރު ކުޅުންތެރިން ގެންނަށް ބާސެލޯނާގެ ކުޅުންތެރިން ބަދަލުކުރުން ވަރަށް ގާތެވެ. އެގޮތުން ވިޑާލްއާއި ސަމޭޑޯ ބަދަލުކުރަން އުޅޭކަމަށް މީގެކުރިންވެސް ވަނީ އަޑު ފެތުރިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ