ވެރިކަންކުރާރަށް ބިދޭސީންނާ ހަވާލުކޮށްފައި ދިވެހިން ރައްފުށަށް ބަދަލުވާން ނުޖެހޭ ކަމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.
ރީކޯ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަވައްޓެރިގައުމުތަކުގަ ކޮވިޑް-19 އާގުޅިގެން ސަރުކާރުތަކުން އެޤައުމުތަކުގެ ރައްޔަތުންނަށް އިސްކަންދީގެން ކަންކުރާއިރު މިގައުމުގަ ވެރިކަންކުރާރަށް ވެސް ބިދޭސީންނާ ހަވާލުކޮށްފައި ދިވެހިން ރައްފުށައްބަދަލުވާކަށް ނުޖެހޭ ކަމަށެވެ. އަދި ބިދޭސީން ވަގަށްކުރާވިޔަފާރިތަށް ހުއްޓުވާ ދިވެހިންނަށް ފުރުސަތު ހޯދާއި ދިނުމަށްވެސް ރީކޯ ވަނީ ގޮވާލައްވާފައެވެ.
އަވައްޓެރިގައުމުތަކުަ ކޮވިޑްއާގުޅިގެން ސަރުކާރުތަކުންއެޤަުމުތަކުގެރައްޔަތުންނަށް. އިސްކަންދީގެން ކަންކުރާއިރު މިގައުމުގަ ވެރިކަންކުރާރަށް ވެސް ބިދޭސީންނާހަވާލުކޮށްފަދިވެހިން ރައްފުށައްބަދަލުވާކަށްނުޖެހޭނެ. ބިދޭސީންވަގަށްކުރާވިޔަފާރިތަށް ހުއްޓުވާ ދިވެހިންނަށްފުރުސަތު ހޯދާދީ
— Reekomoosa (@ReekoMoosa) April 3, 2020
ރީކޯ ވިދާޅުވެފައިވަނީ މިހާއަވަހައް ފަޅުރައްތަކައް ބިދޭސީންއަރާ ރުކެއްގަ ގޮބޮޅިއެއްއިނަސް އަޅައިގެން ދޯނިފަހަރުގަ މާލެގެނެސް ބަނދަރުމަތި ފުރާލާފަތިބެގެން ވިއްކާތިބޭ ކަމަށާއި، އަދި ދިވެއްސަކު ކާއްޓެއް ވިއްކަންވެސްވީ ބިދޭސީ މީހާއާއި ތަޅާ ގަދަވެގެން ޖާގަހޯދައިގެން ކަމަށެވެ. މިކަން ހުއްޓުވަންއިނގޭ ބަޔަކު އެބައުޅޭތޯ ރީކޯ ވަނީ ސުވާލު ކުރައްވާފައެވެ.
ރީކޯއަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލައިގައި ވަރަށް ގިނަ އިން ވާހަކަ ދައްކަވާ ބޭފުޅެކެވެ. އެގޮތުން މިދުވަސް ކޮޅުވެސް ބިދޭސީންގެ ގިނަ ކަންތައްތަކެއް ރީކޯ ދަނީ ފާހަގަ ކުރައްވަމުންނެވެ.
ރީކޯ ވިދާޅުވެފައިވަނީ ގަވާޢިދާ ޚިލާފަށް އެތައްހާސް ބިދޭސީންނެއް މާލޭގައި އެއްކޮޓަރިއެއްގައި ނިދާ ކައިބޮއި ހަދާއިރު އެކަން ބޮޑު ކަމަކަށް ނުވާކަމަށެވެ. "ސަތޭކަ މީހުން ނިދާ ކައިބޮއެ ހަދާއިރު އެކަންބޮޑެއްނުވޭ" ރީކޯ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އާމްދަނީ ލިބޭފުރުސަތު ދިވެހިންނަށްފަހިކޮށްދިނުމަށް ގޮވާލާ ރީކޯ ވިދާޅުވެފައިވަނީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގެޤައުމުތަކަށް ފޮނުވާލީމަ ވިޔަފާރިއާ ޚިދުމަތްތަކަށްދިވެހިން ނުކުތުމުން ދިވެހިންނަށް މާލެ ކުޑައެއްނުވާނެކަމަށެވެ.




6 Responses
Konme kamehvess siyaasee kuraane. Kon bidheysee ehge viyafaarieh bidheysee viyafaarieh hedhi dhoa mi than thanuge kulfi boduvegen mi ulheny .. mi flate ga dhari ulheythy 10 aharu .dhen kobaa mithaage verin dhari ulheny magumatheega tha . But mee sharuthu hamavegen boahiya nethigen shin flate ehenve veritas dhookoh rah rashah badaluvanee ???
މަޖިލީހުގެ ދެ މެންބަރަކު ދެއްކި ވާހަކަތައް ދިވެހި ރައްޔިތުން ބަލާއިނުގަނެވެއެވެ ބަންގާޅުން ނާއި އިންޑިއާގެ މީހުން ނާއި ހެދިގެން ދިވެހި ރައްޔިތު މީހާގެ މަސައްކަތް ހުސް ވެއްޖެ ގޭގައުޅެއަންހެނުން ކުރާ ހުރިހާ މަސައްކަތެއް ކުރަމުން ދަނީ ބަންގާޅުން އެހެރަ މުޑުދާރު ތަންތަނުގައި ތިބެގެން ހަދާ ހެދިކާ ކޮށިފޮތް މި އެއްޗެހި ހަދާ ފިހާރަތަކައް ލާ ވިއްކާ ކޮންމެ ވެސް ދިވެއްސެއްގެ ނަނުގަފިހާރަތަކާއި ހޮޓާ ނަގާފައި އެ މުޑުދާރު އެއްޗެއްހި ދިވެހި ންނައް އޯކެއި ސަރުކާރައް ވެސް ރަނގަޅު ރާއްޖޭގެ ހުރިހާ ބާރެއް ހުރިހާ ކަމެއް ބޭރު މީހުންނަށް ސަރުކާރުން މޮޅު އެއެޗެ ހަދާ ރާއްޖެ ތެރޭގެ މީހުން މާލެ ންބާލަންވި ބަންގާޅުން އެއް ކޮޓަރި ތެރޭގައި 100 މީހުން ރަނގަޅު އިންޑިއާ ބަންގާޅުން ވެރިކަން ކުރާ ރަށް ބަލަހައްޓާ ނޭ މިމީހުން ރައްޔިތުން ބަލާއެއް ނުގަނެ މިމީހުން ނަށް ރައްޔިތުން ފެންނަނީ ވޯޓް ހޯދަން ވީމަ ރީ ކޯ އައް ޝުކުރިއްޔާ
Reeko bunyas e ee ragalhu vaahake. Cycle ga sticker nujaha nugavaidhun ulhey bidheyseen hoadhan ulhen v nu.
ޢެކަމް މެމްބަރ އީސަ ބުނަމުމް އަންނަނީ ތިހެނެއްނޫން ދޯ……!!!!!؟
Reeko dhakkavanee thedhu vaahaka alhugandumen dhivehinge kithanme bayaku mihaaruves bandah jehijje bidhesynves emyhunge gaumuge sarukaaruga eshigen emyhun amilla yah dhaan majubooru kuruvan jehey dhivehinnah kunfuni thakun beynun gothe hoadhaa iru sarukaarun massala husha alhan bunaa iru massalafeshen baa irah massala jassaa meehaa bandah maruvefa onnaanee vaguthu action nunegeynama
މިހާރު ރުކަކަށް އެރޭ ދިވެއްސެއް ވަރަށް މަދު ރުކަކަށް އެރޭ ބަޔަކު ދޯ ރުކުގަ ހުންނަ ގޮބޮޅި ވެސް އަޅާނީ ދިވެހިން ކަންނެތްވެ ރުކަކަށް އެރޭ މަހެއް ނެތް