ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕް ލީޑަރަކަށް އާދަމް ޝަރީފް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރަކަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ އިންތިޚާބީ ކެންޑިޑޭޓް އާދަމް ޝަރީފް އުމަރު ކަނޑައަޅުއްވައިފިއެވެ.

އާދަމް ޝަރީފް އުމަރު ޕީޖީ ލީޑަރަކަށް އައްޔަން ކުރަން ނިންމާފައިވަނީ, ޕީއެންސީގެ ފުރަތަމަ ކޮންގަރެސްއިންނެވެ.

އާދަމް ޝަރީފް ޕީއެންސީގެ ޕީޖީ ލީޑަކަށް ހަމަޖެއްސެވެމުގެ އިތުރުން، މުހިންމު އެހެން ނިންމުންތަކެއްވެސް ޕީއެންސީގެ މަޝްވަރާ މަޖިލީހުން މިއަދު ނިންމަވާވައިވެއެވެ.

މަޝްވަރާ މަޖިލީހުގެ ނިންމުންތަކަށް ބަލާއިރު، ޤީލާ ޢަލީ ޕީޕީއެމް އަދި ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރުމުގެ އިތުރުން އެޕާޓީގެ ނައިބު ރައީސުންގެ ޒިންމާތަށް ފުށުނާރާގޮތަށް ބަހާލާފައިވެއެވެ.

ނައިބު ރައީސުންގެ ޒިންމާތައް ބަހާލާފައިވާގޮތަށް ބަލާއިރު، އިދާރީ އަދި ފައިސާގެ ކަންކަމަށް ހަމަޖައްސަވާފައިވަނީ މުޙައްމަދު ސައީދުއެވެ. ޒުވާނުންނާއި އިވެންޓަތަކަށް އިބްރާހީމް ސުޖާއު އަދި ޕަބްލިކް ރިލޭޝަން، މީޑިއާގެ އިތުރުން މެންބަރޝިޕްގެ ކަންކަމަށް އަޙްމަދު ނިހާން ހުސައިން މަނިކު ހަމަޖައްސަވާފައިވާއިރު ބޭރުދުނިޔެއާއި ރިސަރޗްގެ ކަންކަމަށް ކަނޑައަޅުއްވާފައިވަނީ މުޙައްމަދު ހުސައިން ޝަރީފް (މުންދު) އެވެ.

ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު، ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރުކަމަށްވެސް ވާދަކުރައްވާނެމަށްވެސް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ