ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ނޭންގި އެމެޖެންސީއަކަށް ތައްޔާރު ވާނީ ކިހިނެތްތޯ؟ - ރީކޯ

ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ނޭންގި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވާނީ ކިހިނެތްތޯ، މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ސުވާލު ކުރައްވައިފިއެވެ.

ރީކޯ މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ މާލޭގައި ދިރިއުޅޭ ދިވެހި އާބާދީއަށްވުރެ ބިދޭސީންގެ އަދަދު ގިނަކަން އެޗްޕީއޭގެ ވެރިންނަށް އެގެން ޖެހޭކަމަށާއި، އަދި މާލެސަރަހައްދުގަ ދިރިއުޅޭ ބިދޭސީންގެ ތަފާސްހިސާބެއްނެތި މެޑިކަލް އިމަރޖެންސީއަކަށް ފެސިލިޓީތަކާއި، ކާޑާއި، ބޭސް ތައްޔާރުކުރަނީ ކޮން އަދަދަކަށްތޯ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާ ބިދޭސީންގެ އަދަދު އެސްޓީއޯގެ ވެރިންނަށްވެސް އެގެން ޖެހޭކަމަށާއި އަދި އެއަދަދު ޢާއްމުކޮށް ރައްޔަތުންނަށް ސާފުވެގެން ނޫނީ ކާޑާ ބޭސް ގެނެސް ދިގުމުއްދަތަށް ބެހެއްޓޭނީ ކިހިނެއްތޯ؟ ވެސް ރީކޯ ސުވާލު ކުރައްވާފައިވެއެވެ. ކާޑު ކޮންޓޯލްކޮށް ކިޔޫގަޖެހިގެން ގަންނަ ހިސާބަށް ދިއުމުގެކުރިން މިކަމަށް ވިސްނުމަށް ރީކޯ ވަނީ ގޮވާލައްވާފައެވެ.

ރީކޯ އިތުރަށް ވިދާޅުވެފައިވަނީ ދުނޔޭގެ މާލީއިދާރާތަކާ ޑަބްލިޔުއެޗްއޯ ފަދަ ފަރާތްތަކުން އެހީދެމުން ދަނީ އެޤައުމެއްގެ އާބާދީގެ ނިސްބަތުން ކަމަށްވާ އިރު ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބޭރުމީހުން މިތަނުގެ އާބާދީއާއި ނުބައްދަލު ނަމަ ޖުމްލަ ބޮލުގެ އަދަދަށް އެހީއަށް އެދެވޭނީވެސް ތަފާސް ހިސާބެއްއޮވެގެންކަމަށެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާ ދިވެހި ރާއްޖެއަށްވެސް ވަނީ ކުރިމަތިވެފައެވެ. މިހާލަތުގައި ކުރިމަތި ވެދާނެ ދަތި ކަމަކުން ސަލާމަތް ވުމަށްޓަކައި ސަރުކާރުން ދަނީ ބޮޑެތި މަސައްކަތް ތަކެއް ކުރައްވާފައެވެ. އެގޮތުން ރާއްޖެ އަށް ބޭނުންވާ ކާޑާއި ބޭހގެ ބާއްވަތްތައް މަދު ނުވާނެ މިންވަރަށް ރާއްޖެ އެތެރެ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ