ސިންދިތާއިން ވަގަށްނެތި ދެ ސެންޓް ފުޅި - ފޮޓޯ: ފުލުހުން

ދެ ފުޅި ސެންޓް ވަގަށް ނެގި ޒުވާނަކު ހައްޔަރުކޮށްފި

މާލޭ ސޯޝަންމަގުގައި ހުންނަ ސިންދިތާ ފިހާރައިން 420ރ ގެ އަގުހުރި ދެ ފުޅި ސެންޓް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް 10:20 ހާއިރު ޝަބުނަމް މަަގުން ދިޔަ 20 އަހަރުގެ ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން، ހުއްޓުވާ ބަލައި ފާސްކުރި އިރު، އޭނާގެ އަތުން ސިންދިތާ ފިހާރައިގެ ނަމުގައި އަގު ޖަހާފައި އޮތް ދެ ފުޅި ސެންޓް ފެނިފައިވާ ކަމަށެވެ.

އިތުރަށް ސާފުކުރުމަށް އެ ފިހާރައަށް ގޮސް ސުވާލުކުރުމުން، އެ މީހާ އަތުން ފެނުނު ދެ ސެންޓް ފުޅިއަކީ އެ ފިހާރައިން ވަގަށް ނަގާފައިވާ ތަކެތި ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި، މިހާރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއަހަރު މިހާތަނަށް ވައްކަމުގެ 1،266 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފަ އެވެ. އޭގެ ތެރޭގައި މިމަހު މިހާތަނަށް ހުށަހެޅި 361 މައްސަލައެއް ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ