ސެންޓްގެ ވަސް ގިނައިރު ބަހަށްޓަން ބޭނުންތަ؟

ގިނަބަޔަކު ޝަކުވާކުރަނީ އަގުބޮޑުކޮށް ގަނެގެން ޖަހާ ސެންޓްގެވަސް ގިނަ އިރުވަންދެން ނުހުންނާތީއެވެ. ސެންޓް ޖަހައިގެން ގޭން ބޭރަށް ނިކުނަންވާއިރަށް ސްންޓްގެ ވަސް ފިލާތީ އެކަމާ ހިތާމަ ކުރާކިތަންމެ ބަޔަކުއުޅެއެވެ.

ބޮޑު ހަރަދު ކޮށްފައި މޮޅު ބްރޭންޑްތަކުގެ ސެންޓް ވެސް ގަންނަނީ އޭގެ ވަސް ގިނައިރު ހިފަހަށްޓަ ދޭނެކަމަށެވެ. ނަމަވެސް އެކަމަށް މާބޮޑު ހައްލެއް ނުލިބެއެވެ. އެހެންކަމުން ތިރީގައި މި ހިމަނާލަނީ ސެންޓްގެ ވަސް ގިނައިރު ހިފަހައްޓަން ބޭނުންނަމަ ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

1-ފަންކާ ނިއްވާލުމަށް ފަހު ސެންޓް ޖެހުން:

ފަންކާ ކައިރީގައި ހުރެގެން ސެންޓް ޖަހާނަމަ އޭގެ ވަސް އަވަހަށް ކެނޑޭނެއެވެ. ސަބަބަކީ ފަންކަލުގެ ވަޔާއިއެކު މުޅި ކޮޓަރިތެރެއަށް ސެންޓް ތަށް ދިއުމެވެ. ނަމަވެސް ފަންކާ ނިއްވާ ލައިގެން ސެންޓްޖަހާނަމަ މީހާގެ ގައިގައި ނުވަތަ ހެދުމުގައި ސެންޓްގެ ވަސް ގިނައިރަށް ހިފަހައްޓައިދޭނެއެވެ.

2-ސެންޓް ޖެހުމުގެ ކުރިން ގައިގައި މޮއިސްޗަރައިޒާރ އެއް ހޭކުން.

ގައިގެ ހަންގަނޑު މާބޮޑަށް ނުހިކި ތެތްކޮށް ހުރުމަކީ ސެންޓްގެ ވަސް ހިފެހެއްޓުމަށް އެހީ ވެދޭ ކަމެކެވެ. އެގޮތުން ގައިގައި ލޯޝަން ފަދަ އެއްޗެއް އުނގުޅުމަށްފަހު ސެންޓް ޖަހާނަމަ ގިނަ އިރު ވަންދެން ވަސް ހިފަހަށްޓަ ދޭނެއެވެ.

3- ސެންޓް ޖެހުމަށްފަހު އަތުން ނޫނގުޅުން

އަތަށް ނުވަތަ ގަޔަށް ސެންޓް ޖެހުމަށްފަހު ދެއަތް ދެއަތާ އުނގުޅައި މުޅި ގައިގަ ހާކައިލުމަކީ އާނމުކޮށް އެންމެން ވެސް ކުރާ ކަމެކެވެ. ނަމަވެސް އަތުން އުނގުޅާނަމަ ސެންޓްގެ ވަސް އަވަހަށް ކެނޑޭނެއެވެ. އެހެންކަމުން ގަޔަށް ސެންޓް ޖެހުމަށްފަހު އަމިއްލައަށް ހިކެންދެން ބަހައްޓާށެވެ. އޭރުން ސެންޓްގެވަސް  ނުކެނޑި ގިނައިރު  ހުންނާނެއެވެ.

މީގެ އިތުރުންވެސް ކަރާއި އުޅަނބޮށީގެ އެތެރެ ފަރާތް ފަދަ ޕަލްސް ޕޮއިންޓް ތަކަކީ ސެންޓްގެވަސް ގިނައިރު ހިފަހައްޓައިދެނޭ ތަންތަނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. soadhube

    sukun rangalhu kohlabala ?

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ