މޯލްޑިވިއަންގެ މަތިންދާ ބޯޓެއް - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

ޓްރިވެންޑްރަމްގައި ތިބި ދިވެހިން ރާއްޖެ ގެއްނަނީ

އިންޑިއާގެ ޓްރިވެންޑްރަމްގައި ރާއްޖެ ނާދެވިފައިތިބި ދިވެހީން ރާއްޖެ ގެނައުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު ގައުމީ އެއާލައިން މޯލްޑިވިއަނުން ދަތުރުކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ އެދަތުރުގައި ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓްގައި ޓްރިވެންޑްރަމުން މާލެ އަންނަން ޓިކެޓް ނަގާފައިތިބި މީހުންނާއި އާސަންދައިގެ ދަށުން ބޭސްފަރުވާ ހޯދަމުންދިޔަ ބައެއް މީހުންކަމަށެވެ.

މޯލްޑިވިއަންގެ ފަރާތުން ޓްރިވެންޑްރަމްއަށް ކުރާ މިދަތުރުގެ ޓިކެޓުގެ އަގަކީ 199 ޑޮލަރެވެ.

މޯލްޑިވިއަނުން އަންނަނީ ބޭރުގެ ގައުމުތަކުގައި ދަތިހާލުގައި ޖެހިފައިތިބި ދިވެހިން ރާއްޖެ ގެނައުމަށްޓަކައި ރާއްޖޭގެ ސަރުކާރާއި އެގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ކުރާ މަސައްކަތުން ހުއްދަ ލިބޭ މިންވަރަކުން އެފަދަ ގައުމުތަކަށް ދަތުރު ކުރަމުންނެވެ.

މިހާތަނަށް މޯލްޑިވިއަނުންވަނީ ސްރީލަންކާ އާއި އިންޑިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އާދީއްތަ ދުވަހާއި ހޯމަ ދުވަހު އެ ދެ ޤައުމަށް ދަތުރުތަކެއް ބާއްވާފައެވެ. އަދި މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން 200 މީހުންނާއެކު މިރޭގެ ވަގުތެއްގައި މޯލްޑިވިއަންގެ ބޯޓެއް ރާއްޖެ އައުމަށްޓަކައި ފުރާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ