އެނބުރި ރެއަލްމެޑްރިޑަށް ދާން ބޭނުންވާކަން ކަސިޔަސް ހާމަކޮށްފި

އެނބުރި ރެއަލްމެޑްރިޑަށް ދާން ބޭނުންވާކަމަށް އެކްލަބުގެ ކުރީގެ ކީޕަރު އިކާ ކަސިޔަސް ބުނެފިއެވެ.

ޔޫޓިއުބް ޗެނެލްއަކަށް ދިން އިންޓަރިވިއުއެއްގައި ކަސިޔަސް ބުނީ، އެހެން މަޤާމެއް ފުރިހަމަކުރަން ނަމަވެސް އޭނާ އެނބުރި ރެއަލްމެޑްރިޑަށް ދާން ބޭނުންކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން އެފުރުޞަތު ލިބޭނެކަމަށް އުންމީދުކުރާކަމަށްވެސް ކަސިޔަސް ބުންޏެވެ.

"ރެއަލްމެޑްރިޑަކީ އަހަރެންގެ 'ހޯމް'. ރެއަލްމެޑްރިޑް ދޫކޮށްލި ފަހުން މިވީ އަދި 5 އަހަރު." ކަސިޔަސް ބުންޏެވެ.

މީގެއިތުރުން ކަސިޔަސް ބުނީ، އޭނާ ރެއަލްމެޑްރިޑްގައި 25 އަހަރު ހޭދަކޮށްފައިވާކަމަށާއި، އެދެމެދު އޮންނަ ގުޅުމަކީ ވަރަށް ޚާއްސަ ގުޅުމެއްކަމަށެވެ.

އުމުރުން 38 އަހަރުގެ ކަސިޔަސް މި އަހަރު އޮންނަ ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއޭ)ގެ އިންތިޚާބުގައި އެ އިދާރާގެ ރައީސްގެ މަގާމަށް ވާދަކުރާއިރު، އޭނާ ނުކުންނާނީ މިހާރުގެ ރައީސް ލުއިސް ރުބިއާލެސްއާއި ދެކޮޅަށެވެ.

ރެއާލް މެޑްރިޑަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކަސިއަސް އަކީ 2010 ވަނަ އަހަރު ސްޕެއިނުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލިއިރު ޓީމުގެ ކެޕްޓަނެވެ. ސްޕެއިން ގައުމީ ޓީމަށް 167 މެޗު ކުޅެދިން ކަސިޔަސް ވަނީ އެ ޓީމާއެކު 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ