ރީކޯ މޫސަ ރައީސް ނަޝީދުއާއެކު - ފޮޓޯ: ސަން

ވޯޓު ލުމުގެ ޙަޢްޤު ނިގުޅައިގަނެ، މަޖްލީހުން ކައުންސިލް ހިންގާކަށް ނަޝީދު ނޫޅުއްވާނެ - ރީކޯ

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ގެ އިންތިޚާބަށް ވަނީ އޭގެ އަސަރުކޮށްފައެވެ.

އިންތިޚާބު ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ މި ހިނގާ އޭޕްރީލު މަހުގެ 4 ވީ ހޮނިހިރު ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެއަށް އާންމު ޞިއްޙަތުގެ ކުއްލި ނުރައްކާ އިޢުލާނު ކުރުމާއި ގުޅިގެން ވޯޓްލުން އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށް އިލްކެޝަންސް ކޮމިޝަނުން ވަނީ ފަސްކޮށްފައެވެ.

މިހާލަތުގައި އިންތިޚާބު ބޭއްވުމުގައި ގިނަ ދަތިތަކެއް ހުރުމާއެކު އިލެކްޝަން ކޮމިޝަނުން ވަނީ، ވޯޓްލުން ފަސްކުރުމުގެ އަމުރަކަށް ކޯޓުގައިވެސް އެދިފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވޯޓްލުން ފަސްކުރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމަށާއި، އެކަން ކުރެވޭނީ މަޖިލީހަށް ކަމަށެވެ.

ކަން މިހެން އޮތް އިރު ވޯޓު ލުމުގެ ޙަޢްޤު ނިގުޅައިގަނެ، މަޖްލީހުން ކައުންސިލް ހިންގާކަށް ރައީސް ނަޝީދު ނޫޅުއްވާނެ ކަމުގައި މަޖިލީހުގެ ކުރީ ނައިބު ރައީސް ރީކޯ މޫސަ ވަނީ ވިދާޅުވެފައެވެ.

މޫސަ މިހެން ވިދާޅުވެފައި މިވަނީ ގާނޫނު އަސާސީ އިސްލާހު ނުކޮށް އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުކޮށްލަން ރައްޔިތުންގެ މަޖިލީހަށް އާ ބިލެއް ހުށައަޅައިފައިވަނިކޮށެވެ. މި ބިލް މަޖިލީހަށް ހުށައަޅުއްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

މިހާރު އިންތިޚާބު ވެފައިވާ ކައުންސިލަރުންގެ ދަޢުރު 2020 ޖޫން 3 ވަނަ ދުވަހަށް ހަމަވާނެއެވެ. ނަމަވެސް ކައުންސިލަރުން އިންތިޚާބު ކުރުމަށް ނުވަތަ މިހާރު ތިބި ކައުންސިލަރުންނާ މެދު އަމަލު ކުރާނެ ވަކި ގޮތެއް އަދި އޮތީ ނުނިމިއެވެ.

"އަޅުގަނޑު ދަންނަ ރައީސްނަޝީދު މަޖްލިސް މެދުވެރިކޮށް ރައްޔަތުން ލާންޖެހޭ ވޯޓު ލުމުގެ ޙަޢްޤު ރައްޔަތުން އަތުން ނިގުޅައިގަނެ މަޖްލީހުން ކައުންސިލް ހިންގާކަށް ނޫޅޭނެ އަދި ރައީސުލްޖުމްޙޫރިއްޔާ އަށް ޤާނޫނު އަސާސީ އިން ލިބިދޭ ދަޢުލަތް ހިންގުމުގެ ބާރުތަކައް އަރައެއް ނުގަންނާނެ" މަޖިލީހުގެ ނައިބު ރައީސް ކަންވެސް ކުރައްވާފައިވާ ރީކޯ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު މިކަމާއި ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ ކައުންސިލް ތަކުގެ އުމުރު އޮތީ ކަނޑައެޅިފައި ކަމަށާއި، ނަމަވެސް ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ