ބަނގުރާފުޅި ތަކަކާއެކު ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

ބަނގުރާފުޅި ތަކަކާއެކު ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މިދެމީހުން ޙައްޔަރުކޮށްފައިވަނީ މަރަދޫއިންނެވެ.

ފުލުހުން ވިދާޅުވީ، މަރަދޫގައި ބަޔަކު ބަނގުރާ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެއްކަމަށެވެ. އަދި އެ ދެ މީހުންނަކީވެސް ދިވެހިންކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއެޕްރީލް މަހުގެ 7 ވަނަ ދުވަހުރޭ ހިންގި އެ އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ފަސް ފުޅި ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މީގެއިތުރުންވެސް އައްޑޫ ސިޓީ ފޭދޫން މީދުއަށް މަސްތުވާތަކެތި ގެންދަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން  މިއެޕްރީލް މަހުގެ 7 ވަނަ ދުވަހުގެ ރޭ އިތުރު އޮޕަރޭޝަނެއްވެސް ހިންގާފައިވެއެވެ.

ފުލުހުން ވިދާޅުވީ އެ އޮޕަރޭޝަނުގައި، ބޯޓަކަށް އަރުވާފައިހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި ޕާޓީ ޑްރަގްސް ކަމަށް  ބެލެވޭ ބޭސްގުޅަ ތަކެއްގެ އިތުރުން މަނާ ބޭސްތަކެއް ފެނިފައިވާކަމަށެވެ.

މިމައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ