އަލްހާން ފަހުމީ - ފޮޓޯ: އޭއޯ ނިއުސް

ހަށިގަނޑަށް ކޮރޯނާ ނުޖެހުނަސް ދިވެހިންގެ ދިރިއުޅުމަށް ކޮރޯނާ ޖެހިއްޖެ!

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ހަށިގަނޑަށް ނުޖެހުނު ނަމަވެސް، ދިވެހިންގެ ދިރިއުޅުމަށް ޖެހިފައިވާކަމަށް މާލޭ ސިޓީ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ވިދާޅުވެފައިވަނީ މުޅި އިގްތިސާދު ހުއްޓި ވަޒީފާތައް ގެއްލި ރައްޔިތުން ނާއުންމީދު ވެއްޖެކަމަށާއި، ސަރުކާރުވެސް އޮތީ ރަޖާލައިގެންކަމަށެވެ. މީގެ އިތުރުން މިމުޞީބާތުން ދުނިޔެ ސަލާމަތް ކުރެއްވުމަށް އަލްހާން ވަނީ ދުޢާ ކުރައްވާފައެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ދިވެހި ރާއްޖެއިން މިހާތަނަށް 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 13 މީހަކު މި ބަލިން ރަނގަޅުވެފައިވާއިރު، 4 މީހަކަށް ދަނީ ދިވެހިރާއްޖޭގައި މި ބައްޔަށް ފަރުވާ ދެމުންނެވެ. އަދި މި ބައްޔަށް ޕޮޒިޓިވް ވި 2 މީހަކު ވަނީ އެނބުރި ޤައުމަށް ގޮސްފައެވެ.

މި ބައްޔަށް ރާއްޖޭގައި މިހާރު ފަރުވާ ދެމުންދަނީ 4 ދިވެހިންނަށެވެ. މި އެންމެންނަކީވެސް އިނގިރޭސި ވިލާތުން ރާއްޖެއައިސްފައިވާ މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ރާއްޖޭގައި އޮން އެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލައިފައެވެ.

މި ބަލީގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. އަދި ރާއްޖޭގެ އިޤްޠިޞާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މީގެ އިތުރުން މި ދާއިރާގައި ވަޒީފާ އަދާކުރަމުންދާ އެތައްހާސް ޒުވާނުންނަކަށް ވަނީ އޭގެ އަސަރުކޮށްފައެވެ.

ފަތުރު ވެރިކަމުގެ ދާއިރާގެ އިތުރުން އެއަރލައިން ތަކައި، ވިޔަފާރިތަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި މުޅި ދުނިޔެ ވެސް ވަނީ މި ބަލީގެ ސަބަބުން ހުއްޓުމަކަށް އައިސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ