ކްލަބްމެޑް ކަނި ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ކްލަބްމެޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެފައި ރިޕޯޓްކޮށްފައިވާކަމަށާއި، އޭނާ މަރުވެފައިވަނީ ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:39 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 52 އަހަރުގެ އިންޑޮނޭޝިއާއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެކެވެ.
ކްލަބްމެޑް ކަނި ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާއިރު، ދޭތެރެ ދޭތެރެއިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ގެންބިގެން މަރުވެއެވެ.