ކުޓީނިއޯ ހޯދުމުގެ ރޭހަށް މެންޗެސްޓަރ ޔުނައިޓެޑް!

ބްރެޒިލްގެ ތަރި ފިލިޕޭ ކުޓީނިއޯ ހޯދުމުގެ ރޭހަށް އިންގްލޭންޑްގެ މެންޗެސްޓަރ ޔުނައިޓެޑްވެސް ވަދެއްޖެކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

ލޯނު އުޞޫލުގެ ދަށުން ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އުމުރުން 27 އަހަރުގެ ކުޓީނިއޯ ގަންނަން އެކްލަބުން 120 މިލިއަން ޔޫރޯ ޚަރަދުކުރަން ޖެހިފައިވާއިރު، ކުޓީނިއޯ ގަންނަން ބަޔާނުން އިންކާރުކުރުމުން މިހޫނު މޫސުމުގައި އޭނާ އެނބުރި ބާސެލޯނާއަށް އަންނާނެއެވެ.

މެންޗެސްޓާރ ޔުނައިޓެޑްގެ އިތުރުން އިންގްލޭޑްގެ ލެސެސްޓާ ސިޓީ، ޗެލްސީ އަދި އާސެނަލްގެ އިތުރުން ޓޮޓޭންހާމްވެސް ދަނީ ކުޓީނިއޯއަށް ފާރަލަމުންނެވެ.

ޔުނައިޓެޑުން އަންނަ ސީޒަނަށް ތައްޔާރުވުމަށް ކުޅުންތެރިންގެ ޓްރާންސްފާއަށް 200 މިލިއަން ޔޫރޯގެ ބޮޑު ބަޖެޓެއްވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ބާސެލޯނާ ކިޔާ އަގެއް ދައްކަން މެންޗެސްޓާރއަށް އުދަނގޫކަމަކަށް ނުވާނެއެވެ. ޔުނައިޓެޑުން މިހާރުވެސްވަނީ އެސްޓަން ވިލާއަށް ކުޅެމުން އަންނަ ޖެކް ގްރީލިޝް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ އަކީ ލިވަޕޫލް ދޫކޮށް 120 މިލިއަން ޔޫރޯ އަށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ބާސެލޯނާއާ ގުޅުނު ކުޅުންތެރިޔެކެވެ. ޒަވީ އާއި އަންދްރެސް އިނިއެސްޓާ މެން ނެތުމުން ހުސްވި ޖާގަ ފުރާނެ ކަމަށް ބެލެވުނު ކުޅުންތެރިޔާ އަށް ދޮޅު އަހަރުގެ ތެރޭ ކްލަބުގައި ފައިހަރުކުރެވޭ ގޮތެއް ނުވި އެވެ. މެދުތެރޭގައި ވެސް އަދި އެޓޭކުގައި ވެސް އޭނާ އަށް ޖާގަ ކަށަވަރެއް ނުކުރެވުމުން ބާސެލޯނާއިން ކުޓީނިއޯ ދޫކޮށްލީ ނޭމާ އަލުން އެކްލަބަށް ގެނައުމަށެވެ. ނަމަވެސް ނޭމާ ހޯދުމަށް ބާސެލޯނާއިން ކުރި އެއްވެސް މަސައްކަތެއް މިހާ ހިސާބަށްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ