ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކާށި ގަންނާނެތޯ އެހުމުން އޭގެ ޖަވާބުގައި އައާ ހިނި ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދަޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ރީކޯ މިއަދު ވިދާޅުވެފައިވަނީ އެގްރި ވިޔަފާރީގައި ކާށި ނުހިމެނޭ ކަން ޔަޤީންވެއްޖެކަމަށެވެ.
ރީކޯ ވިދާޅުވެފައިވަނީ ޖަޔާބުގައި ހިނިއައުމުން ފޯނުނެގި މީހާގާތު، ކުރިމަތީ އޮތީ ރޯދަމަސް ކަމުން ބާޒާރުގައި ބިދޭސީން ކާށީގެއަގު ބޮޑުކުރިޔަ ނުދިނުމުގެ ގޮތުން އަގުހެޔޮކޮށް ރައްޔަތުންނަށް ކާށި ލިބޭނެ ގޮތެއް ހަދަންވީ ނޫންތޯ ބުނެފައިވާ ކަމަށެވެ. ނަމަވެސް މި ކަމަށް ވަކި ޖަވާބެއް ދެއްވާފައިވާކަމެއް ރީކޯ ހާމަކުރައްވާފައެއް ނުވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވަމުންދާއިރު، ދަޑުވެރިން ހައްދާ ތަކެތި އެސްޓީއޯއިން ގަންނާނެކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި މިކަން ފެށުމުގެ ކުރިން ގަންނާނެ ތަކެތީގެ ލިސްޓާއި އަގުތަށް އިއުލާނު ކުރާނެ ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ. އަދި ތަކެތި ގަންނާނީ މާކެޓުގައި ހުރި އަގުތަކަށް ވުރެ ރަނގަޅު އަގުތަކުގައި ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ކުރިޔަށް އޮތީ ރޯދަމަހަށްވެފައި އަދި މުޅި ދުނިޔެއަށްވެސް ކޮވިޑް-19ގެ ސަބަބުން އަސަރުކޮށްފައިވާއިރު، ރާއްޖޭގެ ގިނަ ރަށްތަކުގައި ދަނީ ދަނޑުވެރިކަމަށް ބިން ދޫކުރަމުންނެވެ.




ހިޔާލު
މިވެސް ހަބަރެއްތަ؟ ހުސް ބްރޭކިން ނިއުސް އަންނަ ނޫހެއް މި