ދުނިޔޭގައިވެސް މަޝްހޫރު ޑައިވިން ޕޮއިނޓް "މޯލްޑިވްސް ވިކްޓޮރީ" އާއި ގުޅިގެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން މެރިން ފުލުހުން އެ ސަރަހައްދަށް ފީނައިފިއެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވީ، ކަނޑުއަޑީގެ ތަރިކައެއް ކަމަށްވާ "މޯލްޑިވްސް ވިކްޓޮރީ" ޑައިވިން ސައިޓަށް މެރިން ފުލުހުން ފީނާ ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައިވަނީ، އެތަނާ ގުޅޭގޮތުން އެމިނިސްޓްރީއަށް ލިބުނު ޝަކުވާއަކާ ގުޅިގެން ކަމަށެވެ.
މިނިސްޓްރީއަށް ހުށަހެޅުނު ޝަކުވާގެ ތަފްސީލު އެ މިނިސްޓްރީން ހާމަނުކުރެއްވި ނަމަވެސް، ބެލެވޭ ގޮތުގައި އެ މިނިސްޓްރީން ބަލަމުންދަނީ، ހުޅުލޭ ފަރުކައިރިއަށް 1981 ވަނަ އަހަރު އަޑިއަށް ދިޔަ "ވިކްޓްރީ" ބޯޓުގެ ކުނބުގައި ނަގިލި ވަލެއް އަޅުވައި ކުނބުގެ ބައެއް އުފުރާލި މައްސަލައެވެ.
ކަނޑުއަޑީގެ ތަރިކައެއް ކަމަށްވާ "މޯލްޑިވް ވިކްޓޮރީ" ޑައިވިންގ ސައިޓާއި ގުޅޭގޮތުން މިނިސްޓްރީ އަށް ލިބުނު ޝަކުވާ އަކާ ގުޅިގެން މެެރިން ޕޮލިސް ޑިޕާޓްމަންޓުން ޑައިވް އޮޕަރޭޝަނެއް ކޮށް އެ ސަރަޙައްދު ބަލައިފި@yumna_maumoon @HeritageMv @PoliceMv pic.twitter.com/KuSpvNPgJU
— Ministry of Arts, Culture and Heritage (@MoACHmv) April 29, 2019
ޕަޑީގެ މާސްޓަރު އިންސްޓުރަކްޓަރެއް ކަމަށްވާ، އާދަމް އަޝްރަފު މިދިޔަ މާރޗް މަހުގެ 22 ވަނަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ނަގިލި ވަލެއް ވިކްޓްރީގެ ކުނބުގައި އަޅުވާފައިވާކަމަށާއި، އެ ވަލުގެ ސަބަބުން އެ ސަރަހައްދުގައި ހެދިފައިހުރި ހުރިހާ މުރަކައެއް ހަލާކުވަމުންދާކަމަށެވެ.
A mooring rope that has been tied at the mast of Victory by someone. Sad ?. Rope is destroying all the coral life,the fact is tying a mooring at the mast will destroy the mast eventually. Metal must be rusted and weak by now. Start using dive buoys , STOP mooring dive boats. pic.twitter.com/ff9vWCvjIs
— Adam Ashraf (@assaray) March 22, 2019
"ވިކްޓްރީ" ބޯޓު އަޑިއަށްގޮސްފައިވާ "ވިކްޓްރީ ރެކް" އަކީ ދިވެހިރާއްޖޭގައި ފުޅިއަޅައިގެން ފީނާ މީހުންނަށް ވެސް އެންމެ ކަމުދާ އެއް ސަރަހައްދެވެ. އަދި އެއީ މުޅި ދުނިޔޭގައި ވެސް ފީނުމަށް މަޝްހޫރު ސަރަހައްދެކެވެ.



