ދިވެހިންނަށް ޙައްޤު މިންވަރޭ ކިޔާފަ އިންތިޚާބު ތަކުގަ ބެރު ޖައްސުވާފަ، ވެރިކަމަށް އައިސް އިނދަނުޖެއްސެވުމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ގޮވާލައްވައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ތިބި ބަނގްލަދޭޝް މީހުންނަށް އެ ޤައުމުގެ ސަރުކާރުން އެހީ ފޮނުވުމަށް ނިންމުމާއި ގުޅިގެން ރީކޯ ވަނީ މިގައުމުގަތިބި ދިވެއްސަކަށް އެހީއެއްނުވެ އެމީހުންގެ ރައްޔަތުންނަށް ކެވޭގޮތްހަދާފަ މިގައުމުގަ ބައިތިއްބަންވީ ކީއްކުރަންތޯވެސް ސުވާލު ކުރައްވާފައެވެ.
"ދިވެހީންގެ ވަޒީފާއަށް ފުރުސަތު ދީ މިވަގުތައް ބަންގާޅުމީހުން އެމީހުންގެ ރަށަށް ގެންދިއުމަށް ފަންޑުފޮށްޓެއްވެސް ބަހައްޓާ" ރީކޯ ވިދާޅުވެފައިވެއެވެ.
ރީކޯ އިތުރަށް ވިދާޅުވެފައިވަނީ ބަނގްލަދޭޝް ސަރުކާރުން ރާއްޖޭގައި ތިބި އެ ޤައުމުގެ މީހުންނަށް އެހީ ފޯރުކޮށް ދިނުމަށް ނިންމާފައިވަނީ ދިވެހިސަރުކާރުން އެމީހުން ގުނާ އަދަދުކޮށް މާލެތެރޭން އެކަހެރި ކުރާހެން ހީވީމަކަމަށެވެ.
މީގެ އިތުރުން ރީކޯ ވަނީ ޤަވާއިދާޚިލާފަށް މިޤައުމުގައުޅޭ ބިދޭސީން އެތެރެ ކުރުވި ބަޔަކާ އިންސާނީ ވަގުވިޔާފާރި ފާޅުގާ ކުރަމުންދާ ބައެއްގެ މައްސަލަ ފާހަގަކުރެވޭކަމަށް ވިދާޅުވެ، އެމައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް މިހާތަނައް ބަލަން ނުކެރިފަ އޮތް މައްސަލައެއްގެ ގޮތުގަ ފާހަގަ ކުރައްވާފައެވެ.





ހިޔާލު
Nukeryne dw gasthuga koffaa thibi jareemaa vakkan