ށ.ފީވަށް

ކޮވިޑް-19 ޓާސްކްފޯސް ބައްދަލުވުމެއްގައި މާރާމާރީ ހިންގައިފި

ކޮވިޑް-19 ޓާސްކްފޯސް ބައްދަލުވުމެއްގައި މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ވިދާޅުވީ، ށ. ފީވަކު ސްކޫލްގައި އެރަށުގެ ކޮވިޑް-19 ޓާސްކްފޯސްއިން ބޭއްވި ބައްދަލުވުމެއްގައި މާރާމާރީ ހިންގައިގެން ދެމީހަކު ޙައްޔަރުކޮށްފައިވާކަމަށެވެ.

މިމައްސަލާގައި ޙައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރާއި 28 އަހަރުގެ ދިވެހި ދެފިރިހެނުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، 2020 އޭޕްރީލް 13 ވަނަ ދުވަހުގެ ރޭ މިމާރާމާރީގެ ރިޕޯރޓް ލިބުމާއި ގުޅިގެން ފުލުހުން އެތަނަށް ދިއުމުން މިދެމީހުންވެސް ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގާފައިވާކަމަށެވެ.

މިދެމީހުންވެސް ޙައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި މިދެމީހުންގެ ތެރެއިން އުމުރުން 25 އަހަރުގެ މީހާގެ ބަންދަށް 7 ދުވަސް އަދި އުމުރުން 28 މީހާގެ ބަންދަށް 5 ދުވަސް ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުންވަނީ ޖަހައިދީފައެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

(ތަފްޞީލް އަންނަނީ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ