ޗައިނާގައި މެކްޑޮނަލްޑްސް ރެސްޓޯރެންޓަކުން ނަސްލީ ތަފާތުކުރުން ގެންގުޅުނު މައްސަލައިގައި މާފަށް އެދިއްޖެ

ޗައިނާގެ ގުއާންޖޯ ސިޓީގައި ހުންނަ މެކްޑޮނަލްޑްސްގެ ރެސްޓޯރެންޓަކުން ނަސްލީ ތަފާތުކުރުން ގެންގުޅުނު މައްސަލައިގައި މެކްޑޮނަލްޑްސް އިން މާފަށް އެދިއްޖެއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ސިނާއީ މަސައްކަތްތެރިކަމަށް މައްޝޫރު ގުއާންޖޯ ސިޓީގައި ހުންނަ މެކްޑޮނަލްޑްސްގެ ރެސްޓޯރެންޓެއް ބޭރުގައި ހަރުކޮށްފައި ހުރި އިއުލާނެއްގައި ކަޅު ނަސްލަށް ނިސްބަތްވާ ފަރާތްތަކަށް އެ ރެސްޓޯރެންޓަށް ވަނުމުގެ ހުއްދަ ނެއްކަމަށް ލިޔެފައިވާ މަންޒަރެވެ.

މިމައްސަލައިގައި މެކްޑޮނަލްޑްސް އިން ބުނެފައިވަނީ މިކަންތައް ހިނގި ކަމުގެ މައުލޫމާތު އެކުންފުންޏަށް ލިބުމާއެކު އެ ރެސްޓޯރެންޓު ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

މިދުވަސްވަރަކީ ކަޅު ނަސްލަށް ނިސްބަތްވާ ފަރާތްތަކާއި އަދި ގުއާންޖޯ ސިޓީގެ އާމުންނާއި ދެމެދު ވަރަށް ބޮޑަށް މައްސަލަ ގޯސްވެފައިވާ ދުވަސްވަރެކެވެ.

މިގޮތުން މިދިޔަ ހަފްތާގައިވެސްވަނީ އެފްރިކާއަށް ނިސްބަތްވާ އެތައް ސަތޭކަ ބަޔަކު އެމީހުން ތިބޭ ހޮޓާ ތަކުންނާއި އަދި އެޕާޓުމެންޓު ތަކުން ނެރެލައިފައެވެ.

އެފްރިކާގެ ކަޅު ނަސްލުގެ މީހުންނާއި ގުއާންޖޯ ސިޓީގެ އާމުންނާއި ދެމެދު މަޝްރަހު ގޯސްވެފައި މިވަނީ އެފްރިކާގެ ކަޅު ނަސްލުގެ މީހުންގެ ތެރޭގައި ކޮވިޑް-19 ފެތުރެމުންދާކަމަށްބުނެ އިންޓަރނެޓުގައި ދައުރުވި ޚަބަރުތަކަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ގުއާންޖޯ ސިޓީއަކީ ގިނަ އަދަދެއްގެ އެފްރިކާ ރައްޔިތުން ވިޔަފާރި ކުރުމަށް ގާއިމުވެތިބޭ ސިޓީއެކެވެ. އަދި މިއީ ޗައިނާގެ ސިޓީތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް އެފްރިކާ ނަސްލުގެ މީހުން ދިރިއުޅޭ ސިޓީކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ