މާލޭގައި ޑޮކްޓަރަކަށް ހަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި މާރާމާރީ ހިންގާފައިވަނީ އެސްޓީއޯ ސްޕަރމާކެޓް ތެރޭގައި ކަމަށެވެ.
ރާއްޖެގައި މަސައްކަތް ކުރާ ސްރީލަންކާގެ ފިރިހެން ޑޮކްޓަރެއް ގައިގައި ޖަހާ އެސްޓީއޯ ސްޕަރމާކެޓް ތެރޭގައި މާރާމާރީ ހިންގާފައިވާ ކަމަށް މިއަދު 13:25 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.
މި މާރާމާރީގައި އެ ޑޮކްޓަރު ގެ ވައަތު ލޯ ކައިރި މަށައިގެން ގޮސްފައިވާއިރު، މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި 49 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި މި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހެއް މާލެއިން ފެނިފައިވާ އިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ އެސްޓީއޯ ސްޕަރމާކެޓަށް ވިޔަފާރިކުރަން އެއްވެފައެވެ.



