ގދ. ގެ ފަޅުރަށްތަކެއް - ފޮޓޯ: ގުގަލް މެޕް ސްކްރީންސޮޓް

149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުރީ ގދ. ހުޅުވާރުލުގައި

ކަނޑު މަގުން ރާއްޖެ އެތެރެކޮށް ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތި ވަލުލާފައި ހުރީ ގދ. ގެ ފަޅުރަށް، ހުޅުވާރުލުގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރާއްޖެ އެތެރެކޮށް އެއާޕޯޓެއް ހަދަމުން އަންނަ ގދ. މާވަރުލު ކައިރީގައި އޮންނަ ފަޅުރަށް ހުދުވާރުދ އަށް ބަލާފައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ޕެކިންގައި ހުރި 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނެބިސްއެވެ. 

ތުހުމަތަށް ފަސް މީހަކު ހައްޔަރު ކޮށްފައިވާ މި މައްސަލާފައި އެ ފަޅު ރަށުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގަށް 240.6 މިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.

ފުލުހުން ވިދާޅުވީ، ކަނޑުމަގުން އެތެރެކުރި މި މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ، ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި، ޑިވިޝަނަލް ޕޮލިސިން ކޮމާންޑް އަދި ޑްރަގް އިންޓެލިގެންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ރޭ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ އެ މަސްތުވާތަކެތި އަތުލީ 72 ގަޑިއިރުގެ ބޮޑު އޮޕަރޭޝަނަކުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ