މާލެ މަގުމަތި - ފޮޓޯ: ޕީއެސްއެމް

މަގުމައްޗަށް ނުކުންނަ މީހުން 14 ދުވަހަށް ކަރަންޓީން ކުރަނީ

މާލެ ލޮކްޑައުން ކޮށްފައިވާ މިވާ ޙާލަތުގައި މަގުމައްޗަށް ނުކުންނަ މީހުން 14 ދުވަހަށް ކަރަންޓީން ކުރާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ދަރުބާރު ގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފުލުހުން ވިދާޅުވީ، މިފަހަރު ފިޔަވަޅު އެޅުން ވަރަށް ހަރުކަށިވާނެކަމަށާއި، ވަގުތުން ކަރަންޓީން ސެންޓަރަކަށް ގެންދަން ވިޔަސް އެ ފިޔަވަޅު އަޅާނެކަމަށެވެ. އަދި މަގުމައްޗަށް ނުކުންނަ މީހުން ވެސް 14 ދުވަހަށް ކަރަންޓީން ކުރާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެގޮތުންގެ ފުލުހުންގެ ގައިޑްލައިންއާއި ޚިލާފަށް މަގުމައްޗަށް ނުކުމެއުޅޭ މީހުން 14 ދުވަސް ފުރިހަމަކުރަން ކަރަންޓީނު ފެސިލިޓީއަކަށް ދާންޖެހޭނެކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މަގުމަތިން ފެންނަ މީހުންނާ ސުވާލުކޮށް ދާ ތަނާއި ބޭނުން އޮޅުންފިލުވާނެކަމަށާއި، ފުލުހުންނަށް ނޭނގި ނުކުމެ އުޅޭ މީހުން 1000ރ. އިން ޖޫރިމަނާ ކުރާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ، އެއްވެސް އޮފީހެއްގެ މުވައްޒަފަކަށް އެ އޮފީހުގެ ކާޑު ބޭނުންކޮށްގެން ތަންތަނަކަށް ނުދެވޭނެކަމަށާއި، ބޭރަށް ދެވޭނީ ހުއްދަ އޮތް ފާސްތައް ބޭނުން ކޮށްގެންކަމަށެވެ.

އަދި ފުލުހުން ދިޔައީ މިޙާލަތަށް ތައްޔާރުވަމުންކަމަށާއި، އެންމެ ނުރައްކާތެރި ހާލަތަށް ހިނގައްޖިއްޔާ ބޭނުންވާނެ ބޮޑީ ބޭގަށް ދަންދެން ލިސްޓް ކޮށްފައިވާކަމަށާއި، އަންގި އާއި މާސްކްފަދަ ތަކެތިވެސް އެކަމަށް ތައްޔާރުކުރެވިފައިހުރިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވުވެފައިވަނީ 21 މީހެކެވެ. އޭގެތެރޭގައި 6 ދިވެހިން ހިމެނޭއިރު، ތިން މީހުން މިހާރުވަނީ މިބަލިން ރަނގަޅުވެފައެވެ. އަނެއް ތިން ދިވެހިންނަށް އަންނަނީ ފަރުވާ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ