ހަނިމާދޫ އަށް އަރާ ފައިބާ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތަށް ވޮލެންޓިއަރުން ހޯދަނީ

ހދ. ހަނިމާދޫ އަށް އަރާ ފައިބާ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތަށް ވޮލެންޓިއަރުން ހޯދަން އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

އެރަށު ކައުންސިލުން މިއަދުކުރި އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް-19ގެ ބިރުވެރިކަން ބޮޑުވެފައިވާ މިދަނޑިވަޅުގައި ރަށަށް އަރާ ފައިބާ މީހުންގެ މަޢުލޫމާތު އެއްކޮށް ބަލަހައްޓަށް ބޭނުންވާތީ ރަށުގެ ދެ ސަރަޙައްދަކުން ލަފާ، ފުރާ މީހުންގެ މަޢުލޫމާތު ނެގުމަށްޓަކައި ވޮލެންޓިއަރުން ބޭނުންވާ ކަމަށެވެ.

މިމަސައްކަތަށް ވޮލެންޓިއަރ ކުރައްވަން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަމާއި، އެޑްރެސް، އައިޑީކާޑު ނަންބަރު، ޖިންސް، އުމުރު ނުވަތަ އުފަން ތާރީޚް އަދި ފޯނު ނަންބަރ/ނަންބަރުތައް ފޮނުވައި އެސްއެމްއެސް އަކުން 7743397 ނަންބަރަށް ފޮނުވައި ދެއްވުން އެދޭ ކަމަށެވެ.

މިމަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ 12.00 ގެ ކުރިން އެސްއެމްއެސް ކުރެއްވުމަށްވެސް ހަނިމާދޫ ކައުންސިލުން އެދިލައްވައެވެ.

ކޮވިޑް-19 ޖެހިފައިވާ ތިން މީހެއް މާލެއިން ފެނުމާއި ގުޅިގެން އަތޮޅުތެރޭ ރައްތަކުންވެސް އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ