ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ދާއިރާގެ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް އޮޅުން ފިލުވާ ކަންކަން ފަސޭހަކޮށްދެއްވުމަށް އަވަސްވެ ލެއްވުމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ މެންބަރުންނށް ގޮވާލައްވައިފިއެވެ.
ރީކޯ މިހެން ވިދާޅުވެފައި މިވަނީ މިއަދު 18:00 ގެ ގެ ފަހުން މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ސަރުކާރުން ނިންމާފައިވަނިކޮށެވެ.
އެގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް މައިމޫނާ އަބޫބަކުރު އަށް ލިބިދޭ ބާރުގެ ދަށުން 2020 އެޕްރީލް 17 ވަނަ ދުވަހުގެ ހަވީރު 18:00 އިން ފެށިގެން، މާލެ ސަރަޙައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ފިޔަވައި، ރާއްޖޭގެ ހުރިހައި ރަށެއްގައި، ވަކި ގޮތެއް އަންގަންދެން ޝަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން ޟަރޫރީ ބޭނުންމެއްގައި ނޫނީ ގެއިން ބޭރަށް ނިކުމެ ނޫޅުމަށާއި، އެއްވެ އުޅުމާއި ޕާޓީތައް ބޭއްވުމާއި، މޫދަށް ދިއުން ފަދަ ކަންކަން ވެސް ހުއްޓާލުމަށް ވަނީ އަންގާފައެވެ.
ކޮވިޑް-19 އަށް މާލެއިން 7 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މާލެ ސަރަހައްދު ވެސް ވަނީ 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހަދައި މާލެއިން ގިނަ އަދަދެއްގެ ބަޔަކު ރައްރަށް ދަތުރު ކޮށްފައިވާތީ އެފަދަ ފަރާތްތައްވެސް 14 ދުވަސް ވަންދެއް އައިސޮލޭޝަންގައި ތިބުމަށް ވަނީ އަންގާފައެވެ.
މި ވަގުތަކީ މި ބަލި ހަލުވިކަމާއެކު ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްކަމުން، އަދި މިއަދު ހަވީރު 18:00 ގެ ފަހުން މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ނިންމާފައި ވުމާއެކު ގިނަ ބަޔަކި ދަނީ ޟަރޫރީ ބޭނުންތަކަށް ބޭނުން ކުރާ ސާމާނު ހޯދައި މި ކަމަށް ތައްޔާރުވަމުންނެވެ.
މިކަމާއި ގުޅިގެން ރީކޯ ވިދާޅުވެފައިވަނީ ދާއިރާގެ ރައްޔަތުންގެ އެޑްރެހާ ފޯނުނަމްބަރު މެމްބަރުންގެ އަތުގަ ހުންނާނެކަމަށާއި، ރައްޔަތުންގެ ޒަރޫރީ ބޭނުންތައް އޮޅުން ފިލުވަމުން ކަންކަން ފަސޭހަކޮށްލަދެއްވުމަށް އަވަސްވެލައްވުމަށް ގޮވާލައްވާފައެވެ. އަދި ދަތިވާ މީހާ އަބަދުވެސް ޝަކުވާ ކުރާނެ ކަމަށާއި، އެކަން ލުއިކޮށްލަދެއްވާ ސަރުކާރު ބޮލައް ހުރިހާ ކަމެއް ނުޖައްސެވުމަށްވެސް ރީކޯ ވަނީ ވިދާޅުވެފައެވެ.





2 Responses
Ahulhgaduh mehdaheh raa member gulhimah phone vex nuhnahgaa.
Thibeyfulhaa fonadhoo dhaairaage member kamugai hunnevi iru zarooree beynumehgai alhugadu gulhumun dhevvi javaabu handhumafulhu nethuneetho kathivalhi gelli mariyanbu gelli koshi dhandu ves gelluneema thifadha molhethi vaahaka dhakkan ladhu hannan jehey