މަސްތުވާތަކެއްޗާއެކު ދިއްފުއްޓަށް ދަނިކޮށް ހުއްޓުވި ލޯންޗު ކެޕްޓަންގެ ސައިކަލުގައި ރޯކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާއެކު ދިއްފުއްޓަށް ދަނިކޮށް ހުއްޓުވި ލޯންޗު ކެޕްޓަންގެ ސައިކަލުގައި 17 އޭޕްރީލް 2020 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރޯކޮށްލާފައިވާކަމުގެ މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ، ރޯކޮށްލާފައިވަނީ މާލެއިން ދިއްފުއްޓަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ހުއްޓުވި ލޯންޗުގެ ކެޕްޓަންގެ ލޯންޗުގައި ކަމަށެވެ. އެދުވަހު އުމުރުން 24 އަހަރު ދިވެހި ފިރިހެނަކު ޙައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަދި ސައިކަލު ރޯކޮށްލި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ޙައްޔަރުކޮށްފައިނުވާއިރު، މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.




ހިޔާލު
ކިޔާލާފަ ހަމަ އެއްގޮތަކަށްވެސް ވީނުވީއެއް ނޭނގުނު!!!