މިއަދު މާލެއިން ނިޔާވި މީހާގެ މަރުގައި ޝައްކެއްނެތްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މާފަންނު ގެއެއްގައި އުމުރުން 92 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާކަމަށް މިއަދު 10:40 ހާއިރު ރިޕޯރޓްކޮށްފައިވާކަމަށެވެ.
އަދި އާދައިގެ މަރެއްކަމަށާއި މިމަރުގައި ޝައްކުކުރެވޭފަދަ އެއްވެސްކަމެއް ނެތްކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ގޮތް ނޭނގި ނިޔާވެފައި އޮންނަ މީހުން ދޭތެރެއިން ވެރިރަށް މާލެއިން ފެންނައިރު، މީގެ ހަފްތާއެއް ހާ ދުވަސް ކުރިންވެސް މާފަންނުގައި ހުންނަ ގެއެއްގެ ވައިގޮޅީގައި ތެރޭގައި މަރުވެފައި އޮތް މީހަކު ވަނީ ފެނިފައެވެ.



