"ރެއަލްމެޑްރިޑަށް ރޮނާލްޑޯ ފޮނުވަން ބޭނުންނުވާތީ، ބާސާއާވެސް ޔުނައިޓެޑުން ވާހަކަ ދެއްކި"

ރެއަލްމެޑްރިޑަށް ރޮނާލްޑޯ ފޮނުވަން ބޭނުންނުވާތީ، ބާސެލޯނާއާވެސް އިންގްލެންޑުގެ މެންޗެސްޓަރ ޔުނައިޓެޑުން ވާހަކަ ދެއްކިކަމަށް ރެއަލްމެޑްރިޑްގެ ކުރީގެ ރައީސްއެއްކަމަށްވާ ރާމޮން ކަލްޑެރޮން ބުނެފިއެވެ.

ކަލްޑެރޮން ބުނިގޮތުގައި އޭރު ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ހުރި އެލެކްސް ފާގަސަން ރޮނާލްޑޯ ރެއަލްމެޑްރިޑަށް ފޮނުވަން ބޭނުންނުވިކަމަށާއި، އެގޮތުން ވާދަވެރި ބާސެލޯނާއަށް ރޮނާލްޑޯ ފޮނުވަންވެސް މަސައްކަތްކުރިއެވެ. އޭނާ ބުނިގޮތުގައި ޔުނައިޓެޑުން ރޮނާލްޑޯ ރެއަލްމެޑްރިޑަށް ފޮނުވަން ބޭނުންނުވީ ރޮނާލްޑޯގެ އެހީއާއެކު ޔުނައިޓެޑަށްވުރެ އިތުރަށް ރެއަލްމެޑްރިޑުން ތަށި ކާމިޔާބުކޮށްފާނެތީއެވެ.

މީގެއިތުރުން ބާސެލޯނާއިންވެސް ރޮނާލްޑޯ އެކްލަބަށް ގެންނަށް އޭރު އޮތީ ތައްޔާރަށްކަމަށާއި، ނަމަވެސް ރޮނާލްޑޯ ބޭނުންވީ ރެއަލްމެޑްރިޑަށް ބަދަލުވާންކަމަށްވެސް އޭނާ ބުންޏެވެ.

"ރޮނާލްޑޯ ހުރީ ރެއަލްމެޑްރިޑާއި ގުޅެން ތައްޔާރަށް، އެފުރުޞަތުގެ ބޭނުން އަހަރެން ހިފީ. އެކަމުގައި އެއްބަސްވުމަކަށް އާދެވުނީ ވަރަށް މަސައްކަތުން ސަބަބަކީ ޔުނައިޓެޑުން ހުރީ ރޮނާލްޑޯ ވިއްކާ ގޮތަކަށް ނޫން." ކަލްޑެރޮން ބުންޏެވެ.

2009 ވަނަ އަހަރު މެންޗެސްޓާރ ޔުނައިޓެޑް ދޫކޮށް ރެއަލްމެޑްރިޑާއި ގުޅުނު ރޮނާލްޑޯ މެޑްރިޑްގައި 9 ސީޒަން ހޭދަކޮށްފައިވައިރު، ރެއަލްމެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއްވަނީ ހޯދާފައެވެ. އެގޮތުން ރެއަލްމެޑްރިޑާއެކު ޖެހިޖެހިގެން ކާމިޔާބުކުރި ތިން ޗެމްޕިއަންސް ލީގު ފާހަގަކޮށްލެވެއެވެ. ރެއަލްމެޑްރިޑްގެ ތާރިޚުގައިވެސް އެކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއަކީވެސް ރޮނާލްޑޯއެވެ.

މެޑްރިޑް ދޫކޮށް ރޮނާލްޑޯ 2018 ވަނަ އިޓަލީގެ ޔުވެންޓަސް އާއި ގުޅުނީ 100 މިލިއަން ޔޫރޯއަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ