ޑޮނީ ވެން ޑެ ބީކް - ފޮޓޯ: ގޮސިޕިއާ

ޔޫސީއެލް – ޓޮޓޭންހާމްއާ ދެކޮޅަށް އަޔޭކްސް ކުޅުނީ ސިންގާ ތަކެއް ފަދައިން : ޓެން ހާގް

ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ރޭ ޓޮޓޭންހާމް އަދި އަޔޭކްސް ބައްދަލުކުރި ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އަޔޭކްސް ކުޅުންތެރިން ދެއްކި ކުޅުމަށް ތަޢުރީފުކޮށް އަޔޭކްސް ކޯޗު ޓެން ހާގް ވާހަކަ ދައްކައިދިއެވެ.

ޓޮޓޭންހާމް ކައިރީ ބޭނުން ގޮތަކަށް ކުޅެމުން އައި އަޔޭކްސްގެ ކުޅުން ގެއްލުނީ ޓޮޓޭންހާމް ފޯމޭޝަނަށް ގެނައި ބަދަލާއެކުގައެވެ.

ޓޮޓޭންހާމް ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުން 0-1 ގެ ނަތީޖާއަކުން އަޔޭކްސްވަނީ މޮޅުވެފައެވެ. އަދި އަޔޭކްސް ފެނިގެން ދިޔައީ ސިންގާތަކެއް ފަދައިން ކަމަށް އަޔޭކްސް ގެ ކޯޗް ޓެން ހާގް މެޗަށްފަހުވަނީ ބުނެފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި މެޗުގެ 15 ވަނަ މިނަޓްގައި ޖަހައިދިނީ އަޔޭކްސްގެ ޑޮނީ ވެން ޑެ ބީކްއެވެ. ގޯލް އޭރިއާ ތެރެއިން ލިބުނު ބޯޅަ ބީކް ގޯލް ތެރެއަށް ފޮނުވާލިއިރު ޓޮޓޭންހާމްގެ އެއްވެސް ކުޅުންތެރިއަކު ބީކްއަށް ހުރަސްއަޅާފައި ނުވެއެވެ. އަޔަކްސް އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ދެ ވަނަ ހާފުގައި ބްރެޒިލްގެ ވިންގް ޑޭވިޑް ނެރޭސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މި ފަހަރުގެ މުބާރާތުގައި ހައިރާންކުރަނިވި ނަތީޖާތަކެއް ނެރެމުން އަންނަ ނެދެލަންޑްސްގެ އަޔަކްސް އިން މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އަޔަކްސް ވަނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ އެއްވަރުކޮށްފަ އެވެ. ދެ ވަނަ ބުރުގައި، އެންމެ ފަހުން ތިން އަހަރު މި މުބާރާތުގެ ތަށި އުފުލާލި ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު ކުއާޓާ ފައިނަލުގައި ވަނީ އިޓަލީގެ ގަދަބާރު ޔުވެންޓަސްގެ މައްޗަށް ކުރިހޯދައިފަ އެވެ. އަޔަކްސް އަށް 1996 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދަން އަންނަ ހަފްތާގައި އެ ޓީމުގެ ދަނޑުގައި ކުޅޭ މެޗުން އެއްވަރުކޮށްލައިގެން ވެސް ފުއްދާލެވޭނެއެވެ.

"މިލިބުނީ ބޮޑު ކާމިޔާބީއެއް. އަހަރެމެން ކުޅުނީ ސިންގާތަކެއް ފަދައިން. މެޗުގެ ފުރަތަމަ ކޮޅުގައި އަހަރެމެންގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ގޮސްފައިވޭ. އަދި އެއީ ޙައްޤު ގޯލެއް." ޓެން ހާގް ބުންޏެވެ.

ޓޮޓޭންހާމްއިން ފޯމޭޝަނަށް ގެނައި ބަދަލާއެކު އަޔޭކްސްއަށް އިތުރަށް ނުރައްކާ ކޮށްފައިވެއެވެ. މިބަދަލާއެކު އަޔޭކްސް ކުރިން ކުޅެމުންއައި ކުޅުންވަނީ ހަލާކުކޮށްލާފައެވެ. އަދި މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ލިބުނު ފުރުޞަތުކުގެ ބޭނުންވަނީ ހިފޭގޮތް ނުވެފައެވެ. އަނިޔާވުމުގެ ސަބަބުން ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ބެލްޖިއަމް ޑިފެންޑަރު ޔެން ވާޓޮންގެން ވަނީ ބަދަލުކޮށްފަ އެވެ. ދެ ވަނަ ހާފުގައި ޓޮޓެންހަމްގެ ފެނާންޑޯ ލޮރެންޓޭ އާއި ޑެލެ އަލީ ޖެހި ބޯޅަތައް އަޔަކްސްގެ ކީޕަރު އަންދްރޭ އޮނާނާ ވަނީ ހުއްޓުވައިފައެވެ.

ލިބުނު އަނިޔާއަކާއި ގުޅިގެން ޔެން ވާޓޮންގެން ދަނޑުން ބާލަނީ - ފޮޓޯ: ހިރްފްލޯ

އަނިޔާގެ ސަބަބުން ޓޮޓޭންހާމްގެ ހެރީ ކޭންއަށް ރޭގެ މެޗު ނުކުޅެވުނުއިރު، ސޮންއަށް ރޭގެ މެޗު ނުކުޅެވުނީ ސަސްޕެންޝަންގެ ސަބަބުންނެވެ.  

"ޓީމު ރޭވުމުގައި އަހަންނަށް ހެދުނީ ގޯހެއް. އެންމެ ރަނގަޅަކަށް ނޫން އެކަން ކުރެވުނީ. އެކަމަކު އެއީ ވެސް ހުރިހާ މައްސަލައެއް ނޫން. ދެ ވަނަ ލެގުގައި ނަތީޖާ ނެރެވޭނެ،" މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓޭންހާމްގެ ކޯޗު ޕޮޗެޓީނޯ ބުންޏެވެ.

އަޔަކްސް ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ