ކޮނޑޭއަށް ވަގަށް އަރައި އުޅުނު 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ރަސްމީ އިދާރާތަކުގެ ހުއްދަ ނެތި ގއ. ކޮނޑޭއަށް ވަގަށް އަރައި އުޅުނު 60 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު މެންދުރުފަހުގެ ވަގުތެއްގައި ގއ. ގެމަނަފުށިން 60 އަހަރުގެ ދިވެހި ފިރިހެނަކު ކައުންސިލްގެ ހުއްދަނެތި ސިއްރުން ޑިންގީއެއްގައި ގއ.ކޮނޑޭއަށް ގޮސް، އެރަށު ކައުންސިލްގެ ހުއްދަނެތި، ފުއްޓަރު ފަރާތުން ރަަށަށް ކައިރިކޮށް ސިއްރުން އެރަށަށް އަރައިގެން އުޅެނިކޮށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިތުރަށް ތަޙްޤީޤު ކުރަމުންދާއިރު، އިއްޔެވެސް މިފަދަ މައްސަލައެއް ފެންމަތިވެފައިވެއެވެ. އިއްޔެ ކެނޭއެއްގައި ނޮޅިވަރަމުން ކުޅުދުއްފުއްޓަށް ދިޔަ ދެ ޒުވާނުން ވަނީ ކުޅުދުއްފުށިން ހައްޔަރުކޮށްފައެވެ.

މި ނާޒުކު ދަނޑިވަޅުގައި ހުރިހާ ބޭފުޅުންވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ އެއްގޮތަށް އަމަލުކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Dgv

    Ga.nilandhoo in ves ga.viligiya Naajilaa kiyaa meehaku eves huda eh nethi viligiya gos faivay

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ