"ޓޮމް އެންޑް ޖެރީ"ގެ ޑައިރެކްޓަރ، ޖީން ޑެއިޓް މަރުވެއްޖެ!

ދުނިޔޭގެ އެންމެ މަޝްހޫރު ކާޓޫން "ޓޮމް އެންޑް ޖެރީ" ވުޖޫދަށް އައިތާ މިހާރު ގާގްގަނޑަކަށް 80 އަހަރުވެއްޖެއެވެ. އަހަރެމެންގެ ކުޑައިރުގެ ދުވަސްތައް ފަޅުފިލުވާލަދިން ކާޓޫނަކީ މިއީއެވެ. ކުޑައެއް ބޮޑެއްނެތި އެންމެން ބެލި ކާޓޫނަކަށް "ޓޮމް އެންޑް ޖެރީ" ވެފައިވާއިރު، މި ކާޓޫން 1961-1962 އާއި ހަމައަށް ގެނެސްދިން މޭސްތިރި ޖީން ޑެއިޓް މިވަނީ ދާދިފަހަކުން މި ދުނިޔެ ދޫކޮށްފައެވެ.

މި މަހުގެ 19 ވަނަ ދުވަހު "ޓޮމް އެންޑް ޖެރީ" ގެ ޑައިރެކްޓަރ  ޖީން ޑެއިޓް މަރުވެފައިވާކަން މިހާރު ކަށަވަރުކޮށްދީފައިވާއިރު، ޖީން މަރުވެފައިވަނީ އުމުރުން 95 އަހަރުގައެވެ. އޮސްކާ އެވޯޑުވެސް އެތައްފަހަރެއްގެ މަތިން ހާސިލްކޮށްފައިވާ ޖީން އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ޓޮމް އެންޑް ޖެރީގެ ޑައިރެކްޝަނާއި ހިސާބުންނެވެ. މީގެ އިތުރުން ކާޓޫން ސީރީޒް "ޕޮޕެޔެ" ގައިވެސް ޖީން މަސައްކަތް ކޮށްފައިވެއެވެ.

ބުޅަލަކާއި މީދަލެއްގެ މަޖާ ކޯޅުންތަކެއް ދައްކުވައިދޭ މި ކާރޓޫނު ސިލްސިލާ އެންމެ ފުރަތަމަ ގެނެސްދޭން ފަށާފައިވަނީ 1940 ވަނަ އަހަރުއެވެ. މި ކާޓޫން އެންމެ ފުރަތަމަ ވުޖޫދަށް ގެނެސްދިން ދެ މޭސްތިރިންނަކީ، ވިލިއަމް ހަނާ އާއި ޖޯސެފް ބާބަރާއެވެ.

އެއަށްފަހު، އެމްޖީއެމް ކާޓޫން ސްޓޫޑިއޯގެ ދަށުން 1940-1958 އާއި ހަމައަށް ޓޮމް އެންޑް ޖެރީގެ ގިނަ ކާޓޫން ފިލްމްތަކެއް ގެނެސްދީފައިވެއެވެ. އެހެންމަވެސް އެ ސްޓޫޑިއޯ އެ މުއްދަތު ތެރޭގައި ބަންދުކުރުމާއެކު، "ޓޮމް އެންޑް ޖެރީ" ގެ ޑައިރެކްޝަނާއި އެހާ ހިސާބުން ހަވާލުވީ، ޖީން ޑެއިޓް އެވެ.

ތާރީހުގެ ތެރެއިން މުނިފޫހިފިލުވުުގެ ދާއިރާ އިން "ޓޮމް އެންޑް ޖެރީ" ހާއްސަ މަޤާމެއް ހޯދާފައިވާއިރު، މިއީ އެ ދުވަސްވަރުގެ ކުޑަކުދިންގެ އަދި ބޮޑެތި މީހުންގެވެސް އެންމެ ހާއްސަ އެއް ހަނދާނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ