ހއ.ބާރަށް

ހުއްދަނެތި މުރައިދޫއިން ބާރަށަށް ދިޔަ މީހަކު ހައްޔަރުކޮށްފިި

ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާއި ހިލާފަށް ހުއްދަނެތި ޑިންގީއެއްގައި މުރައިދޫއިން ބާރަށަށް ދިޔަ މީހަކު ހައްޔަރުކޮށްފިިއެވެ.

ފުލުހުން ވިދާޅުވީ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާއި ހިލާފަށް ހއ. މުރާދޫއިން ހއ. ބާރަށަށް ގޮސްފައި އަނބުރާ ހއ. މުރާދޫއަށް ދިޔަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭޕްރިލް 20 ވަނަ ދުވަހު ކަމަށެވެ.

މިހާރު މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ. މީގެ ކުރިންވެސް ރަސްމީ އިދާރާތަކުގެ ހުއްދަ ނެތި ގއ. ކޮނޑޭއަށް ވަގަށް އަރައި އުޅުނު 60 އަހަރުގެ މީހެއްގެ އިތުރުން ކެނޯއެއްގައި ނޮޅިވަރަމުން ކުޅުދުއްފުއްޓަށް ދިޔަ ދެ ޒުވާނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ