މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހައްދުންމައްޗަށްވެސް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު ހަވީރު 05:30 ން ރޭގަނޑު 09:00 އަށް ލ.އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާއިރު، އެލާޓް ނެރެފައިވާ ގަޑިތަކުގައި ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުންވެސް އެކަށީގެން ވާކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
Alert White for heavy rain with thunderstorms pic.twitter.com/68cZ1bZgmw
— Maldives Meteorology (@MetMaldives) April 21, 2020
ކުރިޔަށް އޮތް 24 ގަޑި އިރަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާކަމަށެވެ. މީގެ އިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.



