ރޯދަމަހު އެސްޓީއޯ ކޯލް ސެންޓަރު ހުޅުވިފައި ހުންނަ ގަޑިތައް އާންމުކޮށްފި

މިފެށުނު ބަރަކާތްތެރި ރޯދަމަހު އެސްޓީއޯ ކޯލް ސެންޓަރު ހުޅުވިފައި ހުންނަ ގަޑިތައް އާންމުކޮށްފިއެވެ.

އެގޮތުން އެސްޓީއޯއިން ވިދާޅުވީ، މިފެށުނު ބަރަކާތްތެރި ރޯދަމަހު އެކުންފުނީގެ ކޯލް ސެންޓަރު ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރު ފަހު 03:00 އަށް ކަމަށެވެ. އަދި ރޭގަނޑު 09:00 އިން ދަންވަރު 12:00 އަށްކަމަށެވެ.

https://twitter.com/stoplc/status/1253578682129477632?s=20

ނުރައްކާތެރި ކޮވިޑް-19 ވެރިރަށް މާލެއިންވެސް މިހާރު ފެނިފައިވާއިރު، މުޅި މާލެ އާއި ރާއްޖެތެރެވެސް އޮތީ މިހާރު ލޮކްޑައުންކޮށްފައެވެ. އެހެންކަމުން އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ މުދަލާއި ޚިދުމަތައް ހޯދުމަށް އޮންލައިންގެ ޚިދުމަތްތައް ބޭނުންކުރަން މިހާރުވަނީ ޖެހިފައެވެ.

އެގޮތުން އެސްޓީއޯއިންވަނީ ރައްޔިތުންނަށް ލުއި ފަސޭޙަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް މިހާރު ފައްޓާފައެވެ. އެގޮތުން އެކުންފުނީ އީސްޓޯރ ފާހަގަކޮށްލެވެއެވެ. މީގެއިތުރުން މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ބަލިމީހުންނަށް ބޭނުންވާ ޚާއްސާ ބޭސް ގެއަށް ފޮނުވަމުންދާއިރު، ވައިބަރ މެދުވެރިކޮށް ބޭސް ސިޓީ އެސްޓީއޯއަށް ފޮނުވާލުމުން އެފަރާތުންދަނީ މިޚިދުމަތް ދެމުންނެވެ.

މުޅި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު މިހާރުވަނީ 108 ކަށް އަރައިފައެވެ. މީގެތެރެއިން 16 މީހުން ރަނގަޅުވެފައިވާއިރު 92 މީހަކަށް އަދިވެސްދަނީ ފަރުވާދެމުންނެވެ.

ނުރައްކާތެރި މިވައިރަހުން ރައްކާތެރިވާނެ ސީދާ ބޭހެއް އަދި ދުނިޔޭގައި އުފެއްދިފައިނުވާއިރު، ކަމާއިބެހޭ ހުރިހާ ފަރާތެއްގެވެސް އިލްތިމާސްއަކީ ހުރިހާ ބޭފުޅުންވެސް ގޭގައި މަޑުކުރުމެވެ. މިބަލިމަޑުކަން ރާއްޖޭގައި ބޮޑަށް ގޯސް ވެއްޖެނަމަ ހުރިހާ އެންމެންނަށް ފަރުދެވޭނެ ވަޞީލަތްތައް މިޤައުމުގައި ޤާއިމްކުރެވިފައެއްނުވެއެވެ. އެހެންކަމުން ސަރުކާރުގެ އެންމެ ބޮޑު ވިސްނުމަކީ މިބަލި ފެތުރުން ކުޑަކުރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ