ފެށުން ފޭސްބުކް ޕޭޖު މެދުވެރިކޮށް ޑރ. ޝަހީމުގެ ހާއްސަ ދަރުހެއް މާދަމާ ހަވީރު

މަޝްހޫރު ދީނީ އިލްމުވެރިޔާ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ ވަރަށް ހާއްސަ ދަރުހެއް "ފެށުން" ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދޭން ނިންމައިފިއެވެ.

މާދަމާ ހަވީރު 05:30 އިން 06:00 އަށް "ފެށުން" ފޭސްބުކް ޕޭޖް  މެދުވެރިކޮށް ލައިވް ކުރުމަށް ހަމަޖެހިފައިވާ މި ޚާއްޞަ ދަރުސްގެ މަޢުލޫއަކީ "ރަމަޟާން މަހުގައި ދަރިން ތަރުބިއްޔަތުކުރުން" އެވެ.

އިސްލާމީ ގައުމުތައް ހިމެނޭ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރެއްގެ މަގާމުގައި މިހާރު ހުންނެވި ޑރ. ޝަހީމް ގެންދަވަނީ މިރޯދަމަހު އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ހާއްސަ ދަރުސްތަކާއި ދީނީ ބައެއް މައުލޫތަކަށް ޕްރޮގްރާމްތަކެއް ގެނެސްދެމުންނެވެ. މީގެ  އިތުރުންވެސް ބައެއް ނޫސްތަކާއި ޓީވީ ސްޓޭޝަންތައް މެދުވެރިކޮށް، ވެސް ޝަހީމް ގެންދަވަނީ ތަފާތު މައުޟޫތަކަށް އިންސާފު ކުރައްވަމުންނެވެ.

ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވި ނަމަވެސް ޑރ. ޝަހީމު ފާހަގަކުރެވިގެންދަނީ ދިވެހިން ދީނަށް ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އޭނާގެ ބައެއް ދީނީ ލިޔުންތަކާއި ޕޯސްޓުތައް އެކި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ދަނީ ގެނެސްދެއްވަމުންނެވެ.

މި ބަރަކާތްތެރި ރަމަޟާން މަހު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ދެއްވާ މި ދަރުސް ވީހާވެސް ގިނަ ފަރާތްތަކުން ބެއްލެވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ