މާފުށީ ޖަލުގައި މާރާމާރީއެއް ހިންގައިފިއެވެ. ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީގައި ޒަހަމްވި މީހަކަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާދީފިއެވެ.
ފުލުހުން ވިދާޅުވީ، މާފުށީ ޖަލުގައި ތިބި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ގައިދީއެއްގެ ދެމެދުގައި ހިނގި މާރާމަރީއެއްގައި 31 އަހަރުގެ މީހެއްގައި މޭމަތީގައި ފައިން ޖަހައި، އެކަކުގެ އަނގައިގެން ލޭ އައިސްފައިވާ ކަމަށާއި، އޭނާއަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދީފައިވާކަމަށެވެ.
މި މާރާމާރީ ހިންގާފައިވަނީ ކިތްވެގެންކަން ފުލުހުން އަދި ޕްރިޒަން ސަރވިސް އިންވެސް ހާމަކޮށްފައި ނުވާއިރު، ފުލުހުން ވިދާޅުވީ، މި މާރާމާރީ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު14:37 ހާއިރު ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިތުރަށް ވިދާޅުވީ، މާފުށީ ޖަލުގައި ހިނގި މާރާމާރީގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.