ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުންދާ ތަނެއް - ފޮޓޯ: މިހާރު

ހަދަމުންދިޔަ އިމާރާތަކުން މީހަކު ވެއްޓިގެން ފުރުވާދެނީ

މާލޭގައި ހަދަމުންދާ އިމާރާތަކުން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހަވީރު 5:00 ހާއިރު، މުތީގޭ ގޯޅީގައި އިމާރާތް ކުރަމުންދިޔަ ގެޔަކުން ބިދޭސީއެއް ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވާކަމަށާއި، ފުލުހުން އެތަނަށް އެޓެންޑް ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ބަންގްލަދޭޝްގެ އެމީހާ ވެއްޓިފައި ވަނީ އިމާރާތުގެ ފަސްވަނަ ފަންގިފިލާއިން އިމާރާތުގެ ހަތަރުވަނަ ފަންގިފިލާއަށެވެ.

އެމީހާއަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންއިރު، ލިބުނު އަނިޔާގެ ތަފްސީލު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

އިމާރާތްކުރަމުންދިޔަ އިމާރާތަކުން މީހަކު ވެއްޓިފައިވާއިރު، މާލޭގައި އިމާރާތްކުރަމުންދާ ތަންތަނުން ތަކެތި ވެއްޓުމުގެ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް