ވެރިކަންކުރާ މައި ސިޔާސީ ޕާޓީ، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން އިންތިޒާމްކުރާ އެމްޑީޕީގެ ބޮޑު ބާބަކިއު އަކަށް ދައުވަތު އަރުވައިފިއެވެ.
އެމްޑީޕީން ވިދާޅުވީ، ބަރަމާތްތެރި ރަމަޟާން މަހަށް މަރުޚަބާ ކިޔުމުގެ ގޮތުން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން އިންތިޒާމްކުރާ، އެމްޑީޕީގެ މާހެފުން އެޕްރީލް 3 ވާ ހުކުރު ދުވަހުގެ ރޭ އެމްޑީޕީ ޖަގަހައިގައި އޮންނާނެ ކަމަށެވެ.
އެމްޑީޕީގެ ބޮޑު މާހެފުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 09:00 ޖަހާއިރުއެވެ.
އެމްޑީޕީން ވަނީ މި ބާބަކިއުއަށް އާއްމުކޮށް ދަައުވަތު އަރުވާފައެވެ.
Barakaaiytheri Roadha mahah Marhaba kiyumah Anhenunge Roohuge faraathun Inthizaam kuraa MDP ge Maahefun maadhama (3/5) reygandu 9:00 gai MDP Haruge gai onnaane. Dhauvathu aruvan.
— MDP Secretariat (@MDPSecretariat) May 2, 2019
އެމްޑީޕީން ބޮޑު ބާބަކިއު އަކަށް ތައްޔާރުވަމުންދާއިރު، ކުރީބެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެހުރެ އިދިކޮޅު ފަރާތްތަކުން ވަނީ މާހެފުމެއް ބާއްވާފައެވެ.